ޙަބަރު

ރަސްމީ ދަތުރުފުޅެއްގައި ކައުންސިލްގެ ރައީސް މާލެ ވަޑައިގަންނަވައިފި

އުނގޫފާރު ކައުންސިލް

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގަންނަވައިފިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށްލުމަށެވެ.

މިދަތުރުފުޅާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާޅުވީ މިދަރުފުޅުގައި ގިނަ މިނިސްޓްރީ ތަކަކާއި ބައްދަލުކުރާގޮތައްވަނީ ހަމަޖެހިފައި ކަމަށެވެ. އަފްލާހު ވިދާޅުވީ އުނގޫފާރުގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރުގެ ބައެއް ކަންކަމާއި ގުޅޭގޮތުންނާއި އުނގޫފާރުގެ ކުނި މެނޭޖުކުރުމާއި ރަށްގިރުމާއި ގުޅޭ ކަންކަމުގައި  އަދި ބޯހިޔާވަހިކަމާއި ގޯތި ދޫކުރުމުގެ ކަންތަކުގައިވެސް ބައްދަލުކުރާނެކަމަށެވެ. އަދި މީގެ އިތުރުންވެސް އިތުރު ކަންކަން މިދަތުރަށް އެޖެންޑާ ކުރެވިފައިވާކަމަށެވެ.

ދަތުރު ނިންމާލުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ރަސްމީ ދަތުރުފުޅެއްގައި ކައުންސިލްގެ ރައީސް މާލެ ވަޑައިގަންނަވައިފި"


Guest
HUSSAIN
11 days 9 hours ago

Natheejaeh nunikunna thiya Male dhathuruthah madhukohfa ufehdhuntherikamakah thiya laari kharadhukohbala.

 
Close