ޙަބަރު

އުނގޫފާރު ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓަރާއި ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން މިއަދު އެންވަޔަރްމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުފަހު އެމިނިސްޓްރީގައެވެ. މިބައްދަލުވުމުގައި އުނގޫފާރު ކައުންސިލުން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ، އެމިނިސްޓްރީ އާއި ގުޅުންހުރި މައްސަލަތައް ހުށައަޅާފައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެމްބަރު އަލްފާޟިލް ހުސައިން އާސިފް ވިދާޅުވީ ހުށައެޅުނު ކަންތައްތަކުގެތެރެއިން އުނގޫފާރު ނަރުދަމާގެ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ދިރާސާކުރުމަށް އެކަމުގެ ޓެކްނިކަލްޓީމެއް މިމަހުގެތެރޭގައި ފޮނުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަަމަށެވެ.

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގެންނެވި  މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށް ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލެއްހޯދޭތޯ މަސައްކަތްކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close