ޙަބަރުރ.އަތޮޅު

މެމް ބިޒްނަސް ސްކޫލްގައި ކިޑްސް ކޯޑިންގ ކްލަބް އުފައްދަނީ

މެމް ބިޒްނަސް ސްކޫލް

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް ބިޒްނަސްސްކޫލް (އެ.މްއޭ.އެމްބީއެސް) ގައި ކިޑްސް ކޯޑިންގ ކްލަބެއް އުފެއްދުމަށް
ނިންމައިފިއެވެ.

އެ.މްއޭ.އެމްބީއެސްއިން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސް ބެޗް 5 ގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވިހަފްލާގައި ވާހަކަދައްކަވަމުން އެ.މްއޭ.އެމްބީއެސްގެ ޑިރެކްޓަރ އޮފް އެކަޑެމިކްސް މުހައްމަދު ފިރާޒް ވިދާޅުވީ އެ.މްއޭ.އެމްބީއެސްގެ އަމާޒަކީ ހަލުއިކަމާއެކު ކުރިއަރަމުންދާ އައިޓީގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރިކޮށް އައިޓީގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ. އަދި ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިކަންކަން ދަސްކޮށްދީ މިދާއިރާއަށް ވީހާވެސްގިނަ ފަރާތްތައް ނެރުމަށް ކުރެވޭ މަސައްކަތުގައި އެމްއޭ.އެމްބީއެސްއިން ބައިވެރިވާނެ ކަމަށެވެ. މިގޮތުން އެމްއޭ.އެމްބީއެސްގެ އަމާޒަކީ އައިޓީ ދާއިރާގެ ތަފާތު ފަންނުތަކުގައި މަސައްކަތްކުރާނެ ފަރާތްތައް ބިނާކުރުމެވެ.

އައިޓީގެ ދާއިރާއަށް މީހުން ނެރުމަށް ކުރެވޭމަސައްކަތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށް އެމްއޭ.އެމްބީއެސް ކިޑްސްކޯޑިންގ ކްލަބްގެ ނަމުގައި ކްލަބެއް އުފައްދާނެކަން އިޢުލާންކުރައްވާ ފިރާޒު އިތުރަށް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން މިފެށިގެންދާ ފެށުމަކީ އައިޓީގެ ދާއިރާއަށް ކުދިން އަހުލުވެރިކުރުމުގެ ފެށުމެއް ކަމަށެވެ. އަދި ދާއިރާއާއިމެދު ކުދިންގެ ވިސްނުމާއި ޝައުގުވެރިކަން ކުރިއަރައިގޮސް އައިޓީގެ ދާއިރާގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެކަމަށެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިއެސް ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އިކްރާމް ހަސަން
ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާއިން ތަޢުލީމު ހާސިލްކޮށްގެން ރަނގަޅު މުސްތަޤްބަލެއް ބައްޓަންކުރެވޭނެކަމަށާއި އައިޓީ ދާއިރާއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި މިވަގުތުމީހުން ނެތްކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބިދޭސީންގެ އަތްމައްޗަށް މަސައްކަތްތައް ދޫކޮށްލަން ޖެހޭ ކަމަށާއި، އައިޓީ ދާއިރާއަށްމީހުން އުފެއްދުމަކީ ރާއްޖެއަށް މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އައިޓީގެ ދާއިރާގައި މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދޭނެކަމަށެވެ.

ޖުމްލަ 30 ގަޑިއިރު ފުރިހަމަކުރާ ގޮތަށް އޮކްޓޯބަރގައި އެމްއޭ.އެމްބީއެސްގެ ފަރާތުން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސްބެޗް
5 ގައި ޖުމްލަ 18 ކުދިންވަނީ ބައިވެރިވެފައެވެ. އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައިވަނީ މަރިޔަމް ރުހު ޝާ މުހައްމަދު ރަޝީދުއެވެ.
1 ޑިސެމްބަރ ގައި އެ.މްއޭ.އެމްބީއެސްގެ އައިޓީ ފޯކިޑްސްގެ ބެޗް 8 ގެ ކިޔެވުން ވަނީ ފަށައިފައެވެ. އެ.މްއޭ.އެމްބީއެސް އަކީ މެރިޓައިމް އެކަޑެމީއޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލެވެ. 18 ސެޕްޓެމްބަރ 2017 ގައި އެމްއޭ.އެމްބީއެސް އުފެދުނުފަހުން ވިޔަފާރީގެ ދާއިރާގެ ތަފާތުޕްރޮގްރާމްތަކާއި ކުރު ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކުރު މުއްދަތުގެ ކޯސްތައްވަރަށް ކާމިޔާބުކަމާއެކު ދަނީ ހިންގަމުންނެވެ. އެމްއޭ.އެމްބީއެސްގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު ތަޢުލީމު ޒަމާނީވަސީލަތްތަކާއެކު ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close