ޙަބަރުސިޔާސީ

ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހަޅަން 30 ދުވަސް ދީފި

ރައީސުލް ޖުމުހޫރިއްޔާގެ އޮފީސް

ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުން، ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، އެފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތަޢާރަފު ކުރައްވައިފިއެވެ. މި ފޯމު ހުށަހަޅުއްވާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްކަމަށް ރައީސް އޮފީހުގެ ވެބްސައިޓް ގައިބުނެފައިވެއެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުހައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންޞާފު ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި، އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވާފައެވެ.

ޔާމީނުގެ ސަރުކާރުގައި ވަޒީފާގެ ބިރު އެކިގޮތްގޮތުން ކުރިމަތިވި ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް ލިންކް presidency.gov.mv/downloads އިން މި ފޯމު ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

ސިޔާސީ އެކިއެކި ސަބަބު ތަކާއި ގުޅުވައިގެން އުނގޫފާރުންވެސް މިފަދަ މައްސަލަތައް ކުރިމަތިވި ފަރާތްތަކަށް އެފަރާތްތަކުގެ ގެއްލިފައިވާ ހައްޤުހޯދުމަށް މިއީ ރަގަނޅު ފުރުސަތެކެވެ.

ނުހައްގުން ވަޒީފާ ގެއްލުވާލައި އަދި ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.
ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅާފައިވާ މުވައްޒަފުން ޝަކުވާ ހުށަހަޅާ ފޯމު

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

1 Comment on "ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހަޅަން 30 ދުވަސް ދީފި"


Guest
Neel
9 days 21 hours ago

Yaameen verikamuge kurin nuhahgun vazeefaain kendimeehunhe jaggu thah kobaithoa??

 
Close