ޙަބަރުރ.އަތޮޅުސިޔާސީ

ފަލާހު އަދި މުހައްމަދު އަލީއަށް ޕްރައިމަރީ އަކާ ނުލައި ޕީޕީއެމް ޓިކެޓް ދީފި

ރައްޔިތުންގެ މަޖިލިސް އިންތިހާބު

އަންނަ މަޖްލިސް އިންތިހާބުގައި ދުވާފަރު އަދި އިނގުރައިދޫ ދާއިރާއަށް ކުރިމަތިލައްވަން އެދާއިރާ މިހާރުވެސް ތަމްސީލު ކުރައްވާ ދެ މެމްބަރުންނަށް ޕީޕީއެމްއިން ޕްރައިމަރީ އަކައި ނުލައި ޓިކެޓު ދީފިއެވެ.

ދުވާފަރު ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ ރ. ދުވާފަރު މުހައްމަދު އަލީ އެވެ. އިނގުރައިދޫ ދާއިރާ ތަމްސީލު ކުރައްވަނީ ރ. އިންނަމާދޫ އިބްރާހީމް ފަލާހުއެވެ. މިދެބޭފުޅުންނަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ރ އަތޮޅު ތަމްސީލުކުރައްވާ 5 މެމްބަރުންގެ ތެރެއިން 2 މެމްބަރުންނެވެ.

ރައީސް ޔާމީންވަނީ އެމަނިކުފާނަށް ވަފާތެރި 24 މެމްބަރުންނަށް އަންނަ މަޖްލިސް އިންތިހާބުގައި ޕްރައިމަރީއަކާއި ނުލައި ވާދަކުރުމުގެ ފުރުސަތު  ދެއްވާފައެެވެ. ރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ މެމްބަރު އުނގޫފާރު ދާއިރާ ތަމްސީލުކުރައްވާ ޖައުފަރު ދާއޫދުއަށް ޓިކެޓް ދީފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މި މެމްބަރުންނަށް ފްރީ ޓިކެޓު ދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ މި މެމްބަރުންނަށް ޓިކެޓު ދެއްވީ އެ މެމްބަރުންގެ އިހްލާސްތެރިކަމަށް ބެލުމަށްފަހު ޕާޓީއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ވުމުންކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close