ޙަބަރު

އުނގޫފާރު ކައުންސިލުން އިސްލާމިކް މިނިސްޓަރާއި ބައްދަލު ކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން ބުދަ ދުވަހުގެރޭ މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ބުދަ ދުވަހުގެރޭ އެމިނިސްޓްރީގައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެމްބަރު އަލްފާޟިލް ހުސައިން އާސިފް ވިދާޅުވީ އުނގޫފާރުގައި ބިނާކުރަމުންދާ އިސްލާމިކް ސެންޓަރާއި ގުޅޭ ކަންކަމާއި ބެހޭގޮތުން ކައުންސިލުން މިނިސްޓަރާއި މައުލޫމާތުހިއްސާ ކުރެވިފައިވާ ކަމަށެވެ.

މިހާރު ބިނާކުރަމުންދާ އިސްލާމިކް ސެންޓަރުގައި ނަމާދުކުރުމަށް ހާއްސަކުރެވިފައިވާ ބަޔަށް މިސްކިތަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަދެނިކުތުމަށް ނުވަތަ އަރާފޭބުމަށް ފަސޭހަ އެއްވެސްގޮތެއް ނެތުމުން އެކަމަށް ލިފްޓް ބެހެއްޓުމާއި މިސްކިތުގެ އުތުރުފަރާތު މަގު ފުޅާ ކުރުމާއި މިސްކިތު ގޯތިތެރޭގައި ގާއެތުރުން ނުވަތަ މާބުލް ޖެހުމާއި އިސްލާމިކް ސެންޓަރުގެ ހޯލާއި އޮފީސް އަދި ކްލާސްރޫމުތައް އެސީ ކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ޖަމާއަތްތެރިން ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގެންނެވި  މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށް ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލެއްހޯދޭތޯ މަސައްކަތްކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close