ރިޕޯޓް

އުނގޫފާރު ކައުންސިލަށް މުޅިރާއްޖެއިން 2 ވަނަ ލިބުނީ ކީއްވެ؟

6 މާޗު 2016 ވީ އާދީއްތަ ދުވަހުގެރޭ މުޅި ރާއްޖެއަށް ފެތުރިގެން ދިޔަ ހަބަރަކާއި ގުޅިގެން އުނގޫފާރުގެ ގިނަބަޔަކަށް ބޮޑު ސިހުމެއް ލިބިގެންދިޔައެވެ. އެއްބަޔަކު ތިބީ އެވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ. އަނެއްބަޔަކު ވަގުތުން އެކަމާ ދެކޮޅަށް ވާހަކަތައް ދައްކަންފެށިއެވެ. އަނެއްބަޔަކު އެކަމާ އުފާކޮށް އެހީމުންގެ އުފާވެރި އިހްސާސްތަކާއި ޝުއޫރުތައް ބަންޑުންކޮށްލިއެވެ.

އާދެ ދައްކަން މިއުޅެނީ އުނގޫފާރު ކައުންސިލަށް ލިބުނު “ކަންގަތި” އެވޯޑުގެ ވާހަކައެވެ. އެއްމެ ފުރަތަމަ މިބަލާލަނީ މިއެވޯޑަކީ ކޮބައިތޯއެވެ. މިއެވޯޑު ލިބެނީ ކޮންބަޔަކަށްތޯއެވެ. ކޮންކަމެއް ކޮށްގެންތޯއެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކާއި ކައުންސިލްތައް އުފެދުނީ ޤާނޫނު ނަމްބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްފާޞިލް މުހައްމަދު ނަޝީދު ތަސްދީޤު ކުރެއްވުމާއި ގުޅިގެންނެވެ. އެއްމެ ފުރަތަމަ އިންތިހާބު ކުރެވުނު ކައުންސިލްތަކުގެ މަސައްކަތް ފެށިފައިވަނީ 26 ފެބުރުއަރީ 2011 ގައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް އައި އިރު ކައުންސިލްތަކަށް މިވަނީ 5 އަހަރުވެފައެވެ. 5 އަހަރުވުމާއި ގުޅުވައިގެން ކައުންސިލްތަކުގެ ބަލަދުވެރިފަރާތް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެވޯޑެއްދޭން ނިންމީއެވެ. މިއެވޯޑުގެ ނަމަކީ “ކަންގަތި” އެވޯޑެވެ.

“ކަންގަތި” އަކީ އިހުޒަމާނުގައި ރަށްރަށުގެ ވެރިންނަށް ރަސްރަސްކަލުން ދެއްވާ ކޮލީގެ އިއްޒަތަކެވެ. މި ގޮތުން ކަންގަތި ކޮލީގެ އިއްޒަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދެމުންދިޔަ އިއްޒަތެކެވެ.

ތިން ކެޓަގަރީ އަށް ބަހާލާފައިވާ އެވޯޑުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ތިން އަތޮޅު ކައުންސިލް ހޮވާފައިވެއެވެ. އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރި 10 ރަށު ކައުންސިލެއް ހޮވާފައިވެއެވެ. އޭގެ އިތުރުން ކޮންމެ އަތޮޅަކުން ވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރި ކައުންސިލް ހޮވާފައިވެއެވެ.

އެވޯޑު ދިނުމުގައި ފަސް ކަމަކަށް ބަލާފައިވެއެވެ. އޭގެ ތެރޭގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ކައުންސިލްތަކުން ފުރިހަމަކުރުމާއި ގާނޫނުގައި ބުނާ ރިޕޯޓްތައް ފުރިހަމަކުރުމާއި ރައްޔިތުންނާއި ގަވައިދުން ބައްދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި އެވޯޑުގެ ބޭނުމަކީ ކައުންސިލްތަކުން ކުރާ މަސައްކަތް ބަލައިގަނެ، ކައުންސިލްތައް ރޭންކްކޮށް، ގާނޫނާ އެއްގޮތަށް ހިންގަން ހިތްވަރު ދިނުމެވެ.

އުނގޫފާރު ކައުންސިލަށް ދެ ކެޓެގަރީއަކުން މިއެވޯޑް ލިބިފައިވެއެވެ. އެއީ ރ އަތޮޅުގެ ރަށުކައުންސިލްތަކުގެ ތެރެއިން 1 ވަނަ އާއި މުޅިރާއްޖޭގެ ހުރިހައި ރަށުކައުންސިލް ތަކުން 2 ވަނައެވެ.

ޤާނޫނީގޮތުން ކައުންސިލުން ފުރިހަމަކުރަންޖެހޭ ކައުންސިލްގެ ކަންކަން އުނގޫފާރު ކައުންސިލުން ވަނީ ފުރިހަމަ ކޮށްފައެވެ. ހަމަ މިއާއެކު ޤާނޫނުގައި ކައުންސިލުން ފުރިހަމަކޮށް ވަކި މުއްދަތެއްގައި ފޮނުވަންޖެހޭ ރިޕޯޓްތައްވެސް އުނގޫފާރު ކައުންސިލުންވަނީ ފޮނުވާފައެވެ. އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން ޤާނޫނުގައި ބުނާ ކަންކަމުގައި ކައުންސިލުންވަނީ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. ރައްޔިތުންނަށް ގޮވާލުމުން ރައްޔިތުން ބައްދަލުވުމަށް ހާޒިރުވާ ރައްޔިތުން އަދަދު ދައްވިކަމުގައި ވިއަސް އުނގޫފާރު ކައުންސިލުންވަނީ އެބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި ހުރިހައި ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައެވެ. އަދި މީގެ އިތުރުން ކައުންސިލުން ރައްޔިތުންނަށްދޭ ހިދުމަތްތަކާއި ކައުންސިލްގެ އާމްދަނީއަށްވެސް ބަލާފައިވެއެވެ.

ކައުންސިލުން ރައްޔިތުންނަށްދޭ ހިދުމަތްތަކަށްބަލާއިރު އެއްމެ ބޮޑަށް ފާހަގަ ކުރަނީ ރައްކައުތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތެވެ. ރައްޔިތުންގެ އަތުން ފީއެއްނެގި ކަމުގައިވިއަސް ކައުންސިލުން ބޮޑުހަރަދެއް މިކަމަށްކުރެއެވެ. ރައްޔިތުންގެ ގޮތުން ދެމުންގެންދާ ކަރަންޓާއި ހިލޭސާބަހަށް ދެމުންގެންދާ ނަރުދަމާގެ ހިދުމަތާއި ކައުންސިލުން އެކިފަރާތްތަކަށް ވެދީފައިވާ އެހީތެރިކަމާއި ރައްޔިތުންނާއި ކްލަބް ޖަމިއްޔާތަކާއި އޮންނަ ގުޅުމަށްވެސް ބަލާފައިވެއެވެ.

އެކިފަރާތްތަކަށް ވެދީފައިވާ އެހީތެރިކަމަށް ބަލާއިރު އެއްމެފާހަގަ ކުރެވެނީ އުނގޫފާރު ސްކޫލަށްވަމުންދާ އެހީތެރިކަމަށެވެ. ރައްޔިތުންނާއި ކްލަބް ޖަމާއަތްތަކާއި އޮންނަގުޅުމަށްބަލާއިރު ކްލަބް ޖަމާއަތްތަކާއި ގުޅިގެން ތަފާތު އެކިމުނާސަބާ ފާހަގަ ކުރުން އަދި ކްލަބް ޖަމާއަތްތަކުން ބާއްވާ މުބާރާތްތަކަށް ވެދީފައިވާ އެހީތެރިކަން ހިމެނެއެވެ.

ކައުންސިލްގެ އާމްދަނީއަށްބަލާއިރު ބޭސްފިހާރަ ހިންގުމާއި ކަރަންޓާއި ތެލުގެ ވިޔަފާރިއާއި ރައްޔިތުންގެ ވިޔަފާރިން ކައުންސިލުން ހޯދާފައިވާ އާމްދަނީ ހިމެނެއެވެ. 28 ފެބްރުއަރީ 2016 ވީ އާދީއްތަ ދުވަހުގެރޭ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރިއިރު ހާމަ ކުރިގޮތުން ކައުންސިލުގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާ ހުރީ ސާދަ މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

މިރިޕޯޓުގައި ކުރުގޮތަކަށް މިބަލާލީ ކަންގަތި އެވޯޑަށް އުނގޫފާރު ކައުންސިލު ނޮމިނޭޓް ވުމުގައި އަދި އެވޯޑް ލިބުމުގައި ފާހަގަކުރެވިފައިވާ ކަންކަމަށެވެ. އުނގޫފާރު ކައުންސިލުން މިހޯދި ކާމިޔާބީއަކީ އުނގޫފާރުގެ ކޮންމެ ރައްޔިތަކުވެސް ފަހުރުވެރިވާނެ ކަމެކެވެ. ވީމާ މިފުރުސަތުގައި އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން އުނގޫފާރު ކައުންސިލުން ކޮށްފައިވާ މަސައްކަތާއި މިހޯދި ކާމިޔާބީއަށް މަރުހަބާއާއި ޝުކުރު ދަންނަވަމެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

11 ޙިޔާލު - "އުނގޫފާރު ކައުންސިލަށް މުޅިރާއްޖެއިން 2 ވަނަ ލިބުނީ ކީއްވެ؟"


ކިޔުންތެރިއެއް
ދނޑިފައި
1 އަހަރު 7 މަސް ކުރިން

އުނގޫފާރު ކަނުން ސު . ރުންނައް މަރުހަބާ

ކިޔުންތެރިއެއް
މީހާ
1 އަހަރު 8 މަސް ކުރިން

އުނގޫފާރު ކައުންސިލަށް 2 ވަނަ ލިބުމުން މިކަން ހަޖަމުނުވި ބަޔަކީ ރ އަތޮޅު ކައުންސިލް. މިހާރު ދައްކާވާހަކައަކީ ރ އަތޮޅު ކައުންސިލް އިނީ 4 ވަނާގަޔޯ! ލަދުން ބޯހަލާކު އުޅޭ ވައްތަރުން.

ކިޔުންތެރިއެއް
unguluboy
1 އަހަރު 8 މަސް ކުރިން

vayakun libunee. ehen rashakah libun nama kanthaka jehunee

ކިޔުންތެރިއެއް
ބަދަތްވެއް
1 އަހަރު 8 މަސް ކުރިން

ގެވަޅުކޮބާހޭ ދެއަހަރުވީއިރުވެސް ރައްޔިތުންނައް ގެވަޅު ނުދެވުނީ ކައުންސިލުން ރައްޔިތުންނާ ދޭތެރޭވިސްނާތީ ނަރުދަމާނިޒާމް ފުރިގެން ބަންޑުވެ އުތުރުފަރާތު ގޭގޭގައި ނޯއްދަމާލަން ނުކެރެ މަހަކު 500ރ ނަގައިގެންވެސް އެކަން ރަނގަޅުކުރަން ވެއްޖެނު.ބަކަރިކޮށިން އަރާވަހުން ކެތްނުވެ ރަށުގެ ފެންފަށަލަ ހަލާކުވެ ގިނަ ގޭގޭގައި ފެންވަރަން ޖެހެނީ މާސްކު އަޅައިގެން ފާހާނާ ފުލަސްކުރީމަ ފުރިގެން ބަންޑުވަނީ ކުނިކޮށިން އަރާދުމުން ހަތަރު އަތޮޅުގެ ރައްޔިތުންނައް އުނދަގޫ ކިހާބޮޑު ނުހޮރުއްޕާނެއް ރައްޔިތުންގެ ގޮތުގާ ކަންކަން ނުވަންޔާ ވާވަރުގެ ބަޔަކާ ހަވާލުކުރަންވީނު

ކިޔުންތެރިއެއް
މުޙައްމަދު
1 އަހަރު 8 މަސް ކުރިން

ތިޔަ ލިބުނު އެވޯޑުން ސާފުވެގެންދަނީ ކައުންސިލްތަށް އޮތް ހާލަތު. ދެން އެހެން ރަށްރަށުގެ ކައުންސިލްތަށް އޮންނާނެގޮތް ހިތަށް ގެންނަވާ އެންމެ ބޭފުޅުން.

ކިޔުންތެރިއެއް
ޕީޕީ
1 އަހަރު 9 މަސް ކުރިން

ތިޔަ އެވޯޑު ހަޖަމް ނުވެގެން އުޅެނީ ކައުންސިލްގެ ރައީސް ހޮވަން އެންމެ ވަރުގަދަޔަށް މަސައްކަތް ކުރިމީހުނަށް

ކިޔުންތެރިއެއް
ފައިޑޭ
1 އަހަރު 9 މަސް ކުރިން

ތިޔައީ ހަމަ އިންޖީނުގެ ހިންގައިގެން ލިބުނު އެވޯޑެއް! ހުރިހާ ޝުކުރެއް ކައުންސިލްގެ ރައީސް ނާސިރަށް

ކިޔުންތެރިއެއް
ބޮޑޭ
1 އަހަރު 9 މަސް ކުރިން

އިންޖީނުގެ ބަޔަކާއި ހަވާލުކުރާނީ ކޮންދުވަހަކުންބާ؟ އެއިން ދޫނުކުރާތި

ކިޔުންތެރިއެއް
އައިޝާ
1 އަހަރު 9 މަސް ކުރިން

ޒަޔާންސަރ އަށް ވަރަށްބޮޑަށް ޝުކުރިއްޔާ! ބަޔަކަށް މިކަން ސާފުކޮށްދިނީތީ!

ކިޔުންތެރިއެއް
Boduvagu
1 އަހަރު 9 މަސް ކުރިން

Ungoofaaru council ge heevaagi memberunnaai muvazzafun nah varah ikhlaastheri kamaaeku maruhabaa aai shukuru dhannavan

ކިޔުންތެރިއެއް
Ibrahim
1 އަހަރު 9 މަސް ކުރިން

Saabahey ungoofaaru council.

 
Close