951
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ހަވާލުކުރުން މާދަމާ

951
0

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އިމާރާތްކުރި އެހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ، އެއިމާރާތް މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކުރުން މާދާމާ އޮންނާނެއެވެ.

އެލިއާ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން އިމާރާތްކުރި މި އިމާރާތުގައި ތިރީބައިގައި 10 އެނދުގެ އެމަރޖެންސީ ޔުނިޓަކާއި ޓްރިއޭޖް އޭރިއާ އާއި ރޭޑިއޮލިޖީ ޔުނިޓެއް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި އޮޕަރޭޝަން ދެ ތިއޭޓަރ އާއި ލެބޯޓަރީ، ދެވަނަ ފަންގިފިލާގައި 10 ޕްރައިވެޓްރޫމާއި ފިޒިއޮތަރެޕީ ޔުނިޓެއް ހިމެނެއެވެ.

މާދަމާގެ މިރަސްމިއްޔާތުގައި ކޮންޓްރެޓަރ އެލިޔާގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިނާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އެލިޔާގެ އިތުރުން ޕްރޮޖެކްޓްގައި މަސައްކަތްކުރި އިތުރު ކުންފުނިތަކުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މިސަރުކާރުން ޓާޝިއަރީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް ކަނޑައަޅައި، އަތޮޅުތެރޭގައި ތަރައްޤީ ކުރަމުންދާ 5 ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *