1189
0

ޗެމްޕިއަން ދުވާފަރާއެކު އުނގޫފާރު އަދި ރަސްމާދޫ ގްރޫޕް ބީގައި

1189
0

ރ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ “ރ. އަތޮޅު ފުޓްސަލް ޖެލެންޖް 2023” ގެ ގުރުއަތު ލުން އިއްޔެ ހަވީރު ބާއްވައިފިއެވެ. މިރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވަނީ މިހާރު މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވާ އިންނަމާދޫގައެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ އަލިފުށި، އިންނަމާދޫ، މަޑުއްވަރީ އަދި އެއްމެ ފަހުގެ ރަނަރަޕް އިނގުރައިދޫ އެވެ.

ގުރޫޕް ބީ ގައި ހިމެނެނީ އުނގޫފާރު، ރަސްމާދޫ އަދި އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރެވެ.

މިމުބާރާތުގައި އުނގޫފާރު ޓީމް ގުރޫޕް ސްޓޭޖްގައި ކުޅޭ 2 މެޗްވެސް ކުޅޭނީ ރޭގަނޑުއެވެ، އެއީ މުބާރާތް ފަށާދުވަހު. 23 ވަނަ ދުވަހާއި 24 ވަނަ ދުވަހުގެ ރޭަ 21:00 ގައެވެ.

މުބާރާތް ބޭވުމަށް ކުރިން ހަމަޖެއްސި ތާރީހަށް (15 ޑިސެމްބަރ) ބަދަލުގެނެސް މުބާރާތް 23 ޑިސެމްބަރަށް ލަސްކުރުމާއި ގުޅިގެން މުބާރާތުން މީދޫ ވަނީ ވަކވެފައެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖައްސާފައިވަނީ 29 ޑިސެމްބަރ ގައެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *