ޙަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލުގެ ހަވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މިއަދު މެންދުރު

ރ.އަތޮޅު ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މިއަދު މެންދުރު ފަހު 13:45 ގައި ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެވެ.

ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން
ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން

މިމަހުގެ 21 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ މިމުބާރާތުގައި ރ.އަތޮޅުގެ އަލިފުށި، ރަސްގެތީމް، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، މީދޫ، މަޑުއްވަރި އަދި ކިނޮޅަސް ހިމެނޭ ގޮތަށް ޖުމްލަ 13 ރަށަކުން 153 ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ ބަލައިގެން ކިއުމުގެ ގޮފިން 101 ބައިވެރިންނާއި ނުބަލާ ކިއުމުގެ ގޮފިން 52 ބައިވެރިންނެވެ. މިމުބާރާތުގައި ބައިވެރި ނުވަނީ އަނގޮޅިތީމާއި ވަދޫއިންނެވެ.

ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން
ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން

މިމުބާރާތުގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮއްސައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:45 ން 23:00 އަށެވެ. ދެވަނަ ދަންފަޅި ހުކުރު ދުވަހު ހެނދުނު 7:00 ން ފަށައިގެން ކުރިއަށް ގެންގޮއްސައިވާ އިރު ހުކުރު ވަގުތަށް މެދު ކަނޑާލުމަށް ފަހު މެންދުރުފަހާއި ހުކުރު ދުވަހުގެ ރޭ މުބާރާތް ކުރިއަށް ގެންގޮއްސައިވެއެވެ. މުބާރާތުގެ ފަހު ދަންފަޅި މިއަދު ހެނދުނު 7:00 އިން ފެށިގެން ރ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ.

ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން
ރ.އަތޮޅު ކައުންސިލުގެ 6 ވަނަ ޤުރުއާން މުބާރާތައް ރ.މީދޫ ތައްޔާރުކޮށްފައި – ފޮޓޯ: މީދޫ އިސްލާމިކް ފައުންޑޭޝަން

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close