ދުނިޔެ

8 މިނެޓު ތެރޭގައި އިޒްރޭލުގެ ވަސް ދުނިޔެއިން ފުހެލުމުގެ ގާބިލުކަން ލިބިފައިވޭ – އީރާން

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އަމުރުކުރައްވައިފި ނަމަ 8 މިނެޓުތެރޭ އިޒުރޭލު ދުނިޔޭގެ ޗާޓުން ފޮހެލުމުގެ އަސްކަރީ ގާބިލުކަން އީރާނަށް ލިބިފައިވާކަމަށް އީރާނުގެ އަސްކަރިއްޔާގެ ސީނިއަރ އެޑްވައިޒަރަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އިރާނުން ދާދި ފަހުން ވަނީ އިޒްރޭލުގެ ކޮންމެ ސަރަހައްދަކަށް ވެސް ހަމަލާދިނުމުގެ ގާބިލުކަން ހުރި ދުރު ރާސްތާ މިސައިލެއް ޓެސްޓުކޮށްފައެވެ.

އިރާނުން މާރޗު މަހު ވަނީ އެމެރިކާގެ ނައިބު ރައީސް ޖޯއީ ބައިޑެން އިޒްރޭލަށް ވަޑައިގެން އުޅުއްވި ދުވަހާ ދިމާކޮށް އިރާނުން އަލަށް މިއުފެއްދި ‘ޤަދަރު އެޗް’ މޮޑެލްގެ 2 މިސައިލު ޓެސްޓުކޮށްފައެވެ. މިސައިލު ޓެސްޓުކުރުމުގެ ގޮތުން އިޒްރޭލުގެ ހިބްރިވް ބަހުން ‘އިޒްރޭލު ދުނިއެއިން ފޮހެލަން ޖެހޭ’ މިހެން ލިޔެފައިވާ 2 މިސައިލު އިރާނުން އޮމާންގެ ކަނޑުގެ ސަރަހައްދަށް ފޮނުވާލިއެވެ.

2000 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިމިސައިލު ކާމިޔާބު ކަމާއެކު ޓެސްޓްކުރެވިއްޖެކަން އިއުލާނުކޮށްފައިވަނީ ތެހްރާނުގައި ބޭއްވި ސައިންސް ކޮންފެރެންސެއްގައި އިރާނުގެ އަސްކަރިއްޔާގެ ބްރިގޭޑިއަރ ގެނެރަލް އަލީ އަބްދުﷲ އެވެ

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ ދަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ފާޅުގައި ދެކޮޅު ހައްދަވާ އިޒުރޭލަށް އެކި ކަހަލަ ބަހުގެ ހަމަލާތަކާއި އިންޒާރުތައް ދެއްވަމުންނެވެ. މިގޮތުން ޚުމައިނީ ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް އޮތް 25 އަހަރު ދުވަހު ތެރޭ އިޒްރޭލު ވުޖޫދުން ފޮހެލައްވާނެ ކަމަށް ވިދާޅުވެ އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

‘އަހަރެން އިޒްރޭލަށް މިއަންގަނީ ކުރިއަށް އޮތް 25 އަހަރުގެ ފަހު ދުވަސްތައް ދެކޭކަށް އިޒްރޭލެއް މިވުދޫދަކު ނުވާނެ. ﷲގެ ވާގިފުޅާއެކު މި 25 އަހަރު ނިމޭއިރު ޒަޔަނިސްޓު ބައިނގަނޑު ކިޔާ ބައިގަނޑުގެ ވަސް މިވުޖޫދުން ފޮހެލާނަން’ ޚުމައިނީ ވިދާޅުވިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

ޚުމައިނީ 2014 ވަނަ އަހަރު ނުވެމްބަރު މަހު ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންގެ މުޤައްދަސު ބިން ޒަޔަނިސްޓުންގެ އަތްދަށުން ސަލާމަތްކުރުމަށް އިޒްރޭލުގެ ވަސް މިބިންމަތިން ފޮހެލުންނުން އެހެން ގޮތެއް ނެތެވެ. އީރާނު ވެފައިވަނީ އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް އެންމެ ވަރުގަދައަށް ރައްދު ދެއްވާ އެއްގައުމަށެވެ.

މައުލޫމާތު: ނިއުސްވީކް މެގެޒިން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

9 ޙިޔާލު - "8 މިނެޓު ތެރޭގައި އިޒްރޭލުގެ ވަސް ދުނިޔެއިން ފުހެލުމުގެ ގާބިލުކަން ލިބިފައިވޭ – އީރާން"


ކިޔުންތެރިއެއް
މުޙައްމަދު
1 އަހަރު 3 މަސް ކުރިން

މީ ވަރަށް ބޮޑުމައްސަލައެއް.މިފަދައާޓިކަލް ތަކުގެ ސަބަބުން އާޔަތުއްޝައިތާން ހުމައިނީ ފަދަބޮޑެތި ކާފަރުންނަށް މުސްލިމުންގެހިތްތައް ސާފުވެ ކާފަރުން ގެ ކާފަރުކަމުގެ މަށްޗަށް މުސްލިމުންގެ ހިތުގައި އޮންނަންޖެހޭ ނަފުރަތާއި ރުޅިވެރިކަން ފިލުވާލާ

ކިޔުންތެރިއެއް
އަހުމަދު
1 އަހަރު 3 މަސް ކުރިން

ދެން ކީއްކުރަން ލަސް ކުރަނީ..

ކިޔުންތެރިއެއް
ޑަބްލިން
1 އަހަރު 6 މަސް ކުރިން

މިހަާރު މާ ލަސް ވެސް ވެއްޖެ ތިކަން ކުރަން !!

ކިޔުންތެރިއެއް
Asluves
1 އަހަރު 6 މަސް ކުރިން

Make it fast.

ކިޔުންތެރިއެއް
Dhivehi Dharieh
1 އަހަރު 6 މަސް ކުރިން

keekkuraa 25 ahareh ? mihaarun mihaarah ves fuhelan v aalaaiyvaru

ކިޔުންތެރިއެއް
Masveriyaa
1 އަހަރު 6 މަސް ކުރިން

Gabool thikan kuran

ކިޔުންތެރިއެއް
leo
1 އަހަރު 6 މަސް ކުރިން

Maa lasvexx vehjji mihaaru

ކިޔުންތެރިއެއް
ali mohamed
1 އަހަރު 6 މަސް ކުރިން

isran you can do it 🙂

ކިޔުންތެރިއެއް
އަސަރު
1 އަހަރު 6 މަސް ކުރިން

ދެން ފޮހެލަމާ ހިނގާ

 
Close