ކުޅިވަރު

ވިއްސާރަވުމުގެ ސަބަބުން އިންޓަ ހައުސް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗް ފަސްކޮށްފި

އުނގޫފާރު ސްކޫލްގެ 10 ވަނަ އިންޓަރހައުސް ވޮލީބޯލް ޓޯނަމެންޓުގެ ފައިނަލް މިއަދު ހަވީރު ހިރުނދު ހައުސް އާއި ފުނަ ހައުސް ބައްދަލު ކުރަން ހަމަ ޖެހިފައިވާ މެޗް ވިއްސާރަ ވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް 2 މެޗް ވެސް ވިއްސާރަ ވުމުގެ ސަބަބުން ފަސްކުރުމަށް ފަހު ކުރިއަށް ގެންގޮއްސައި ވަނީ މިއަދު ހެނދުނެވެ. ކުރިން މި މެޗުތައް ކުޅޭގޮތަށް ހަމަ ޖެހިފައި ވަނީ އިއްޔެ ހަވީރެވެ.

ސެމީ ފައިނަލްގައި މިއަދު ހެނދުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކާނި ހައުސްއާއި ހިރުނދު ހައުސްއެވެ. މި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބު ކުރީ ހިރުނދު ހައުސްއެވެ. ހިރުނދު ހައުސް މިވަނީ މިބުރާތުގައި ކުޅުނު 3 މެޗުން ވެސް މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ ފުނަ ހައުސްއާއި ނިކަ ހައުސްއެވެ. ފުނަ ހައުސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މުބާރާތުގެ ފައިނަލް ދެންކުޅޭނެ ވަގުތެއް އަދި ކަނޑައަޅާފައި ނުވާއިރު މި ދުވަސް ކޮޅަކީ ރާއްޖެގެ އެކި ހިސާބުތަކަށް މެދު ކެނޑުމެއް ނެތި ވިއްސާރަ ކުރަމުންދާ ދުވަސްކޮޅެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close