ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މުބާރާތްތައް އުނގޫފާރުގައި ބާއްވަނީ ކީއްވެ؟

މިނިވަން ޗެމްޕިއަންޝިޕް 2017 ގެ ރ އަތޮޅު މުބާރާތް އުނގޫފާރުގައި ބާއްވާނީ ކީއްވެގެންކަން ވަރަށް ގިނަބަޔަކަށް އަދިވެސް އޮތީ ސާފުނުވެއެވެ. މިކަން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށާއި އެޓީމުތަކުގެ ސަޕޯޓަރުންނަށް ވަރަށް ރަގަނޅަށް އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން މުބާރާތް ބޭއްވުމަށް އެދި އެފް އޭ އެމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ބަންދުވީ 9 ފެބްރުއަރީ 2017 ވީ ބުރާސްފަތި ދުވަހުއެވެ. މުއްދަތު ހަމަވިއިރު މިކަމަށް އެދި ރ އަތޮޅުން ކުރިމަތިލީ ހަމައެކަނި އުނގޫފާރު ކައުންސިލުންނެވެ. އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެފް އޭ އެމްއިން އުނގޫފާރުގައި މުބާރާތް ބޭއްވުމަށް ނިންމީ އުނގޫފާރު ކައުންސިލުން ފިޔަވައި ރ އަތޮޅުގެ އެހެންރަށެއްގެ ރަށު ކައުންސިލުން ޕްރޮޕޯސަލް ހުށައަޅާފައި ނުވާތީ ވާދަކުރުމެއްނެތިއެވެ.

މުބާރާތް ބޭއްވުމަށް އެދި ހުށައެޅުމުގެ ފުރުސަތު ރ އަތޮޅުގެ ހުރިހައި ރަށަކަށްވެސް ލިބިފައިއޮއްވައި ފުރުސަތުގެ ބޭނުންނުހިފައި ނުވަތަ މިކަމުގައި ވާދަކުރަން ނުކެރި އުނގޫފާރާއި އުނގޫފާރު ކައުންސިލާއި ރައްޔިތުން ބަދުނާމުވާގޮތަށް  ތަފާތު އެކި ފޯރަމްތަކުގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމަކީ އެންމެ ރަގަނޅު ގޮތެއްނޫނެވެ.

މިފަދަ މުބާރާތްތައް ބޭއްވުމަށް އުނގޫފާރަށްވުރެ ރަގަނޅު ދަނޑާއި އުނގޫފާރަށްވުރެ ރަގަނޅަށް އިންތިޒާމުތައް ހަމަޖެއްސޭ ނަމަ އެރަށަކުން މުބާރާތް ބޭއްވުމަށް ކުރިމަތިލައި މިކަން ކާމިޔާބު ކުރަންވީއެވެ. އެއިރުން އުނގޫފާރު ރައްޔިތުންވެސް އުނގޫފާރު އެފްސީވެސް އެރަށަކަށް ގޮސް މިމުބާރާތުގައި ވާދަކުރާނީއެވެ. އުނގޫފާރު ރަށްޔިތުންނާއި ޓީމުގެ އެޤާބިލްކަމާއި އެހިތްވަރު ހުންނާނެކަމީ ޝައްކެއްވެސް ކުރަންޖެހޭނެ ކަމެއްކަމަށް ނުދެކެމެވެ.

“އަޅުގަނޑުމެން އުނގޫފާރު އެފްސީން ވެސް ފެންވަރު ރަގަނޅު ދަނޑު ތަކުގައި ކުޅެން ނުހަނު ބޭނުމެވެ. ފެންވަރު ރަގަނޅު އިންތިޒާމުތައް ފުރިހަމަ މުބާރާތްތަކުގައި ކުޅެން ބޭނުމެވެ.”
އުނގޫފާރު ރައްޔިތުންނާއި ކައުންސިލުން އުނގޫފާރުގައި ހުރި މުވައްސަސާ ތަކުގެ އެހީތެރިކަމާއެކު އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުބާރާތުގެ އެންމެހައި ކަންކަން ވީ އެންމެ ފުރިހަމައަކަށް ގެންދެވޭތޯއެވެ.

ކުރިވަރުގެ މިފަދަ ހަރަކާތްތަކުގައި އުޅުއްވާ ފަރާތްތަކުންނާއި އަދި ޒިންމާދާރު ފަރާތްތަކުން ޤަބޫކުރަންޖެހޭނެ ހަޤީޤަތަކީ މިފަދަ މުބާރާތް ތަކުގައި އަބަދުވެސް އެމުބާރާތެއް ބާއްވާ ރަށަކަށް ބޮޑެތި އެޑްވާންޓޭޖް ތަކެއް ހުންނާނެކަމެވެ.

މިނިވަން ޗެމްޕިއަންޝިޕް 2016 ގެ ރ އަތޮޅު މުބާރާތް ވެސް ބޭއްވުމަށްއެދި އެފްއޭއެމްއިން ފުރުސަތު ހުޅުވާލިއެވެ. ފުރިހަމަ ޕްރޮޕޯސަލް އަކާއިއެކު ރ އަތޮޅުގެ ބައެއްރަށްތަކާއި ވާދަކޮށް ބިޑު ކާމިޔާބުކުރީ އަދި އެމުބާރާތްވެސް ބޭއްވީ އުނގޫފާރުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

16 Comments on "މުބާރާތްތައް އުނގޫފާރުގައި ބާއްވަނީ ކީއްވެ؟"


Guest
Faibe
1 year 7 months ago

Varah muraali council akah noone proposal fadehves hadhaa nulevene

Guest
ރަތް ގައު
1 year 7 months ago

ބަލި ޤަބޫލުކުރަން އެއްވެސް ބަޔަކު ބޭނުމެއް ނުވޭ.. ބަލިވީމަ ކިޔާތަކެތި ގިނަވާނެ..އެއީ ކަން ހިނގަމުންދާގޮތް.. މީ ދުނިޔޭގެ އާދަ.. ނިކަންވިސްނާ ފިކުރުކުރޭ… ޖަހާހާ ބެރަކަށް ނަށާގެންވެސް ނުވާނެ…. ކޮންމެ ބަޔަކުވެސް ބޭނުންވާނެ މިކަހަލަ މުބާރާތެއް ބާއްވާއިރު ގިނަ ފެސިލިޓީޒްތައް ލިބެންހުންނަ ރަށްރަށް.. ވިސްނާ ރަސްމާދޫގައި މުބާރާތް ބާއްވައި ކުޅެނިކޮށް ތަނެއް ބިންދައިގެން ދިއުމުން ރަސްމާދޫ ސިއްހީމަރުކަޒުން އެކުސްރޭ ގަނޑެއްވެސް ނުނެގޭނެ. ދުވެފައި ސީ އެންބިއުލާންސްގައި އަންނަންވީ އުނގޫފާރަށް… މީ އުނގޫފާރުގެ މައްސަލައެއްތޯ… އޭޓީއޭމް،ގެ ޚިދުމަތް ކޮބާ ދަތުރު ފަތުރުގެ ފަސޭހަ ޚިދުމަތް… ހިތްހަމަ ނުޖެހުނީމައި އުނގޫފާރު ނޫން ރަށެއް ބޭނުންވޭ.. އެކަމަކު ކުރިމަތިލާކަށް ނުކެރޭ… ހިކިފަސްތާ ބަކަތަޅާ މީހުން ގިނަވަނީ… އަޅުގަނޑު މިގޮވާލަނީ އުނގޫފާރުގެ ރައްޔިތުންނަށާއި އުނގޫފާރު ކައުންސިލް އިދާރާއަށް އަންނައަހަރު މުބާރަތް ބޭއްވުމަށް ޕްރޮޕޯޝަލް ހުށަނޭޅުމަށް.. ވާގޮތް ބެލުމަށް.. އިނގިދާނެތާ ވާގޮތް…. ރަތްގައު

Guest
Ibure ali
1 year 7 months ago

Mehumaan daaree akee kohceh kameh ungoofaaru meehunakah neygeyne

Guest
ނަބަވީ
1 year 7 months ago

މެހުމާން ދާރީ އެގެނީ ރަސްމާދޫ މީހުނައް އެކަނި

Guest
Ayya
1 year 7 months ago

Lol
Aslu vaanuvaa nayngaythi hithaama kuran UFC ge lava jahanvegen ungoofaarun proposal husha alhaagen kaamiyaabu kuree. mee home advantage
Thanks

Guest
Ayya
1 year 7 months ago

Dana
Konkameh nayngigen aslu thiulhenee
Vaagoh ingay ahremennah hihvaru nuhunnanee proposal husha alhaagen mivarukameh kohlaane …kameh kuran keray meehun Vaahaka madhukoh Kankuraanee…..dhen mifaharu ungoofaaruga kulhelaa dhen faharaku proposal husha alhaagen gendhey. sukurihyaa

Guest
Ali
1 year 7 months ago

ވަރަށް ބަރާބަރު. ކެރޭމީހުން ކަން ކުރަންވީ. ކޮންމެހެން އުނގޫފާރު އެހެންނޭ މިހެންނޭ ކިޔާނެ ކަމެއްނެތް

Guest
Rashumeehaa
1 year 7 months ago

Proposal gai teem thakah kotari dhey gothakah liyefaeh nuvaane. Efadha thanthan hoadhaa dhinumah eheetheri vaanekamah liyefa vaanee. 2016 vana aharu beeyvvi mubaaraathuge teem thakah maruhabaa kiyumah juice hifaigen nikui. Varah madhu meehaku juice bueee. Baeh team Ungoofaarah annairu team thakun councilakaa nugulhaa. Hurihaa faraathegge ebbaarulun libigen mifadha bodethi kanthah thah kureveynee.

Guest
ޢަލީ އުސްމާން
1 year 7 months ago

ޕުރޮޕޯސަލް ހުށައެޅިއިރު ހަނދާންނެތުނީ އަންނަ ޓީމު ތަކަށް ކެއުމާބުއިމާ ނިދުމާ އަދި އަރާފަނި ދޭން ހިމަނަން…… ދެން ފަހަރަކުން ހަނދާން ކޮށްދޭތި

Guest
Lol
1 year 7 months ago

Inthizaam v kada nuvithaaka rosterum in jahani ufc ge lava
Team benchga jaagaige dhathikan inthikhaa ah

Guest
އަލީ
1 year 7 months ago

ޓީމުގެ ބެންޗަކީ ރަށުއެންމެން ތިބެން ހުރި ތަނެއްނޫން. ޓީމުލިސްޓާއި އެއްގޮތައް ތިބެވޭނެ އިންތިޒާމް ހުންނާނީ ހަމަޖެހިފަ

Guest
Adhurey
1 year 7 months ago

Mashah fennanee World cup bavvan proposal hushaalhan Ungoofaaru council in kaamiyaabu vaanekan v yageen.

Guest
އަރުވާލި އާދަނު
1 year 7 months ago

ވޯލްޑް ކަޕް ބޭއްވުމުގެ ޤާބިލްކަން ރ އަތޮޅު ރަށެއްގައި ހުރިއްޔާ އެރަށަކީ އަތޮޅު ރައްޔިތުން ފަހުރުވެރިވާ “އުނގޫފާރު”

Guest
Fainu
1 year 7 months ago

Fainu meehun thihen kiyeykah nonaane kan kan kuran kerenyar kan kamah kuromathilaabala ungoofaaru rahyithunnah council aky kuri erumar kan kan fahikohdhinumuga laamaseel baeh thirahrashu council in cofee boilar mass baanan dhiyass nuvaane

Guest
ދަނާ
1 year 7 months ago

Inthizaamthah kamunudhaa vaahaka dhakkaane kamu nudhanyya. Team receive kollan naadhey 3 match kulhun iru, vadhelaane thankolheh nudhakkaa. Kuyyah thanthan hifaigen thiby. Welcome drink gandehves dheyn nukerunu. Mifaharu atoll councilun kotari hiley dheygothah hamajessy keevekan engey. Thirashuga baavvany Proposal hushahalhaigen kan engey emmenahves. Massala aky, mi in kamehves kon nulaathy.

Guest
ވާދޫ މަރީ
1 year 7 months ago

ޕްރޮޕޯސަލްގައި އޮންނާނެ އެހީތެރިކަމަށް އެދެފިނަމަ އެހީތެރިކަން ދޭގޮތަށް، އެއީ ފަހަރެއްގައިވެސް ކޮޓަރި ކުލިދައްކާނެ ވާހަކައެއްނޫން، އެއީ ތިބޭނެ ތަން ހޯދައިދޭވާހަކަ ކުލި ދައްކާނީ އެޓީމަކުން. ހަމަބުނެލީ

 
Close