ޓެކުނޮލޮޖީ

3ޑީ ޕްރިންޓަރު ޕްރިންޓްކުރާ 3ޑީ ޕްރިންޓަރެއް އުފައްދަނީ

ޔުނިވާސިޓީ އޮފް ކެނޑާގެ ސައިސްސްވެރިން ވަރަށް ތަފާތު 3ޑީ ޕްރިންޓަރެއް އުފައްދުމުގެ މަސައްކަތް ފަށައިފިއެވެ. އެ 3ޑީ ޕްރިންޓަރުން ޕްރިންޓް ކުރަނީ ވެސް ހަމަ އެކަހަލަ 3ޑީ ޕްރިންޓަރެވެ. މާނަ އަކީ އޭގެ އެއް ޕްރިންޓަރުން އޭގެ އެތަކެއް ޕްރިންޓަރެއް އުފެއްދުމެވެ.

ސައިންސްވެރިން މި ޕްރިންޓަރު އުފައްދަން ފަށާފައި ވަނީ ހަނދުގައި ހުންނަ މައުދަންތަކާއި ގޭސްތައް ބޭނުންކޮށްގެންނެވެ. މި ޕްރޮޖެކްޓްގައި އިސްކޮން ހަރަކާތްތެރިވި ކާލެޓަން ޔުނިވާސިޓީގެ ޑިޕާޓްމެންޓް އޮފް މެކޭނިކަލް އެންޑް އެއަރޯސްޕޭސް އިންޖިނިއަރިންގެ އެސޯސިއޭޓް ޕްރޮފެސަރ އެލެކްސް އެލެރީ ބުނިގޮތުގައި މި ޓެކްނޮލިޖީގެ ސަބަބުން ހަނދަށް ފޮނުވާ އުޅަނދުތައް އެ އުޅަނދުތައް އަމިއްލައަށް އޭގެ އެހެން އުޅަނދު އުފެއްދުމުގެ ޤާބިލްކަން ހޯދޭނެއެވެ. އޭގެ ސަބަބުން ހަނދަށް ކޮންމެ ފަހަރަކު އުޅަނދުތައް ފޮނުވުމަށްދާ ހަރަދުތައް ސަލާމަތް ވެގެންދާނެއެވެ.

މި ޕްރޮޖެކްޓް ހިންގި ޓީމުގެ އަމާޒަކީ ހަނދަށް މި ގޮތަށް ފޮނުވާ އުޅަނދުތައް އަމިއްލަޔަށް ހަނދުގައި ހުންނަ މައުދަންތަކާއި ގޭސްތައް ބޭނުންކޮށްގެން އޭގެ އެހެން އުޅަނދުތައް އުފެއްދުމެވެ. ޕްރޮފެސަރ އެލެރީ ބުނި ގޮތުގައި އޭނާގެ ޓީމުން އުޅެނީ ހަނދުގައި ލިބެން ހުންނަ މައުދަންތައް ބޭނުން އިލެކްޓްރިކް މޯޓަރު ޕްރިންޓް ކުރުމާ ވަރަށް ގާތުގައެވެ. މީގެ ކުރިން އުފައްދާފައިވާ 3ޑީ ޕްރިންޓަރު ތަކުން އެ ޕްރިންޓަރުގެ އެކި ބައިތައް ޕްރިންޓް ކުރެވުނަސް އޭގެ މޯޓަރާއި އިލެކްޓްރޯނިކްސް ބައިތައް ޕްރިންޓް ކުރުމުގެ ޤާބިލްކަމެއް ލިބިފައެއް ނުވެއެވެ. އެލެރީގެ ޓީމުން ކުރަމުން ދަނީ މި ޤާބިލްކަން ހޯދުމުގެ މަސައްކަތެވެ.

އެލެރީގެ ޓީމުން މިހާރު ވަނީ މޯޓަރުގެ ބައެއް ބައިތައް ޕްރިންޓްކޮށްފައެވެ. ނަމަވެސް އެ ޕްރޮޖެކްޓް ކާމިޔާބު ވާން އަންނަނީ މޯޓަރުގައި ހިމެނޭ ހުރިހާ ބައިތަކެއް ޕްރިންޓް ކުރެވެން ފެށުމުންނެވެ. ހަނދުން ލިބެން ހުންނަ މައުދަންތައް ބޭނުންކޮށްގެން މޯޓަރު އުފައްދާ ނަމަ މޯޓަރުގެ ކޮޕާ ކޮއިލްގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ އެލްމިނިއަމް ކޮއިލްއެވެ. އެލްމިނިއަމް ކޮއިލް ބޭނުންކޮށްގެން އުފައްދާ ދަގަންފާނު ބާރު ދަށްވުމަކީ މިކަމަށް އޮތް ގޮންޖެހުމެއް ކަމުގައި ޕްރޮފެސާރ އެލެރީ ބުނެފައިވެއެވެ.

އަނެއް ގޮންޖެހުމަކީ ހަނދުގައި އުފެއްދުމަށް ގަސްތުކުރާ މެޝިންތަކުގެ އިލެކްޓްރޯނިކް ބައިތައް އުފެއްދުމަށް ދިމާވާ ގޮންޖެހުމެވެ. ސަބަބަކީ އެ އިލެކްޓްރޯކިސް ބައިތައް އުފައްދަން ބޭނުންވާ މައުދަންތައް ހަނދުން ލިބެން ނެތުމެވެ. އެހެން ކަމުން ޕްރޮފެސާ އެލެރީގެ ޓީމުން ގަސްތުކުރަނީ އެންމެ ކުރީގެ އެލެކްޓްރޯނިކް ޓެކްނޮލޮޖީ ކަމުގައިވާ “ވެކިއުމް ޓިއުބްސް” ބޭނުންކޮށްގެން އިލެކްޓްރޯނިކް ބައިތައް އުފެއްދުމަށެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close