ރ.އަތޮޅުދީން

ޝެއިހް ޝަމްޢޫންގެ ދަރުހެއް މިރޭ އުނގޫފާރު ސްކޫލްގައި އޮންނާނެ

ޖަމިއްޔަތުން ސަލަފުން “ހަފުތާ ބަންދު ދަރުސް” ގެ ނަމުގައި ކުރިއަށް ގެންދާ ދީނީ ޕްރޮގްރާމްތަކުގެ ދަށުން މިރޭ އުނގޫފާރު ސްކޫލްގައި ދަރުހެއް އޮންނާނެއެވެ. މި ދަރުސް ދެއްވާނީ އައްޝެއިޚް މުޙައްމަދު ޝަމްޢޫންއެވެ.

މި ދަރުސް ފެށޭނީ މިރޭ 8:30 ގައި އުނގޫފާރު ސްކޫލްގެ ރިހިމާލަމުގައެވެ. މި ދަރުހުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

މި ދަރުހުގެ މައިގަނޑު މަޢުލޫއަކީ “ބޮޑުވެގެންވާ ދުވަހަށް ތައްޔާރުވުން” މިއެވެ. މަޢުލޫމާތުގެ ދަށުންގެ މާތްﷲގެ މަގުގައި ހޭދަކުރުމާއި ޤިޔާމާތް ދުވަހަށް ތައްޔާރުވުމުގެ މައްޗަށް އަލި އަޅުވާލާނެއެވެ.

އަނގޮޅިތީމުގެ އަރާކުރި ޖަމިއްޔާ އަދި ޖަމިއްޔަތުއް ސަލަފް ގުޅިގެން ރ.އަތޮޅުގައި ކުރިއަށް ގެންދާ މި ދީނީ ޕްރޮގްރާމްތަކުގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ އުނގޫފާރު މަސްޖިދުއް ތަޤުވާގައި ޝެއިހް މުޖުތަބާ ހަމީދުގެ ދަރުހެއް ވެސް ކުރިއަށް ދިޔައެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ އުނގޫފާރުގެ ޒުވާނުންގެ މަރުކަޒުގައި އަލީ ރަމީޒާ އެކު ޒުވާނުންގެ ފޯރަމެއް ވެސް ކުރިއަށް ދިޔައެވެ.

ޖަމިއްޔަތުއް ސަލަފުން ރ.އަތޮޅުގައި ކުރިއަށް ގެންދާ އެކި ދީނީ ޕްރޮގްރާމް ދަށުން އަނގޮޅިތީމް، ހުޅުދުއްފާރު އަދި މީދޫގައި އެކި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

Leave a Reply

Be the First to Comment!


 
Close