ޙަބަރުދީން

ރޮހިންޔާ މުސްލިމުންނަށް އުނގޫފާރު ކައުންސިލުން 167 ހާސްރުފިޔާ

މިޔަންމާގެ ރަންކީ ސްޓޭޓްގައި އަނިޔާލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ. އުނގޫފާރު ކައުންސިލުން މިގޮތަށް ނިންމީ އެކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުބޭއްވި އެކުންސިލްގެ ބައްދަލުވުމުގައެވެ.

އުނގޫފާރު ކައުންސިލުން މިކަންނިންމާއި އުނގޫފާރު ރައްޔިތުންނާއި މިކަން ހިއްސާކުރީ “ރޮހިންޔާ މުސްލިމުންނާއެކު އުނގޫފާރު ރަށްޔިތުން” މިނަމުގައި ހުކުރު ދުވަހު ހަވީރު ބޭއްވި ހިންގާލުން ފެށުމުގެ ގޮތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްނާސިރު އަލީ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ރޮހިންޔާ މުސްލިމުންނާއެކު އުނގޫފާރު ރައްޔިތުން" ހިނގާލުމުގެ ތެރެއިން. ފޮޓޯ އަހުމަދު މުސްތަފާ
“ރޮހިންޔާ މުސްލިމުންނާއެކު އުނގޫފާރު ރައްޔިތުން” ހިނގާލުމުގެ ތެރެއިން. ފޮޓޯ އަހުމަދު މުސްތަފާ

މިހިނގާލުން އުނގޫފާރުގެ ބޮޑެތިމަގުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އުނގޫފާރު ރަށްޔިތުންގެ ތެރެއިން ފައިސާގެ އެހީތެރިކަން ދޭންބޭނުންވާ ފަރާތްތަކަށް އެފުރުސަތު  ފަހިކޮށްދިނުމުގެ ގޮތުން ހިންގާލުން ފެށުމުގެކުރިންވަނީ ފަންޑްފޮށްޓެއްވެސް ހުޅުވާފައެވެ. މިފޮށްޓަށް ގިނައަދަދެއްގެ ރަށްޔިތުންވަނީ ފައިސާޖަމާކޮށްފައެވެ.

މިހިނގާލުމުގައި އުނގޫފާރުގެ ރައްޔިތުންނާއި އުނގޫފާރުގެ ކްލަބް ޖަމާއަތްތަކާއި އުނގޫފާރުގައި ހުރި ހުރިހައި މުވައްސަސާތަކުން ބައިވެރިވިއެވެ.

ކައުންސިލުން ނިންމާފައިވަނީ އުނގޫފާރުގެ ކޮންމެ ރައްޔިތަށް 100 ރުފިޔާގެމަގުން ސޮދަގާތްކުރާގޮތަށެވެ.

"ރޮހިންޔާ މުސްލިމުންނާއެކު އުނގޫފާރު ރައްޔިތުން" ހިނގާލުމުގެ ތެރެއިން. ފޮޓޯ އަހުމަދު މުސްތަފާ
“ރޮހިންޔާ މުސްލިމުންނާއެކު އުނގޫފާރު ރައްޔިތުން” ހިނގާލުމުގެ ތެރެއިން. ފޮޓޯ އަހުމަދު މުސްތަފާ
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ރޮހިންޔާ މުސްލިމުންނަށް އުނގޫފާރު ކައުންސިލުން 167 ހާސްރުފިޔާ"


Guest
ހުސެން
1 year 3 months ago

ތީގެން ކޮންމެ ރުފިޔާ އަކައް ރުފިޔާއެއް ނާސިރު ކާލާނެ

 
Close