ދީން

މުސްލިމް ވެރިންނޭވެ. އެ ދުވަހުން ދެއްވާނީ ކޮން ޖަވާބެއްހެއްޔެވެ؟

ތިރީގައި މިވާ ވާހަކަ އަކީ ހިޖުރައިން 6 ވަނަ ޤަރުގައި އިރާޤުގެ މޫސަލްގައި އުޅުއްވި ތާރީޙް ޢިލްމަށް މަޝްހޫރު ޢިލްމުވެރިޔާ އިމާމް ޢަލީ އިއްޒުއްދީން އިބްން އަޘީރު އައް ޖަޒަރީ ރަޙިމަހުﷲ އެކަލޭގެ ފާނުގެ މަޝްހޫރު ސީރަތު ފޮތް ކާމިލް ފީ އައް ތާރީޚްގައި ނަންގަނެފައިވާ ވާހަކައެކެވެ.

އައްބާސީ ދަޢުލަތުގެ ޚަލީފާ މުސްތަޢްޞިމް ބިﷲ ގެ ޚަލީފާ ކަމުގެ ދުވަސްވަރެވެ. މުސްލިމް އުޚްތަކު ބީޒަންޓައިން ރޯމަނުންގެ އަތްދަށުވިއެވެ. ރޯމަނުން އެ ކަނބުލޭގެ ހައްޔަރުކޮށް ޖަލުގައި ބަންދުކުރިއެވެ. އަދި އެކަނބުލޭގެ މައްޗަށް އަތް އިސްކޮށް އެކަނބުލޭގެ ކޯތާފަތްމަތީގައި ޖެހިއެވެ. އެވަގުތު ގޮތް ހުސްވެ ބިރުން ތުރުތުރު އަޅާ ހާލު އެކަނބުލޭގެ ގޮވާލީ ޚަލީފާ މުސްތަޢްޞިމްއަށެވެ.

“ޔާ މުސްތަޢްޞިމް! ކަލޭގެފާނު ކޮބައިހެއްޔެވެ؟” އެކަނބުލޭގެ އެބަހަށް ރޯމަނުން މަލާމަތްކޮށް ހޭން ފެށިއެވެ. އަދި މަލާމަތް ކުރުމުގެ ގޮތުން ބުންޏެވެ. ބާރަށް ގޮވާށެވެ. އޭރުން ކަނބުލޭގެ ޚަލީފާ މުސްތަޢްޞިމް ކަޅާއި ހުދުގެ އަހެއްގައި ކަނބުލޭގެ ސަލާމަތް ކުރަން އަންނާނެއެވެ. ރޯމަނުން މިފަދައިން ބުނީ އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ މަލާމާތް ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް މާތްﷲ ނިޔާކުރެއްވި ގޮތުން މި މަންޒަރު އެތަނުގައިވީ މުސްލިމް އަޚަކަށް ފެނުނެވެ.

އެ މުސްލިމް އަޚާ މި ޚަބަރައިގެން ޚަލީފާ މުސްތަޢްޞިމްގެ އަރިހަށް ދިޔައެވެ. މި ޚަބަރު އިވުމާއެކު ޚަލީފާ މުސްތަޢްޞިމް ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ އަދި ޖޯޝާއެކު ވިދާޅުވި ބަސްފުޅަކީ ލައްބައިކައެވެ. މާނައަކީ އެ އުޚްތާގެ ގޮވާލެއްވުމަށް އަހުރެން އިޖާބަދީފީމުއެވެ.

ވަގުތުން ޚަލީފާ މުސްތަޢްޞިމް އެމަޖެންސީ ހާލަތު އިއުލާނުކުރެއްވުމުގެ ގޮތުން މިސްކިތުގައި ހަވަނަ ބަންގިއެއްދީ މީސްތަކުން އެއްކުރެއްވިއެވެ. މީސްތަކުން ވީގޮތެއް އޮޅުން ފިލުވުމަށް ސުވާލުކުރުމުން ޚަލީފާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ އުޚްތަކު ރޯމަނުންގެ އަތްދަށުވެއްޖެއެވެ. ﷲ ގަންދީ ބުނަމެވެ. އެބައިމީހުންނާ ހަނގުރާމަ ކުރުމަށް އެ ލަސްކަރެއްގެ ބިޔަކަމުގެ ސަބަބުން ލަސްކަރުގެ ކުރީ ސަފު ރޯމަނުންގެ ސަހަރުތަކަށް ވަންނައިރު އޭގެ ފަހަތު ސަފު އަދި އަހަރެމެންގެ ސަރަހައްދުން ބޭރުނުވާހާ ބިޔަ ލަސްކަރެއް ފޮނުވާނަމެވެ. އަދި ރޯމަނުންގެ އެންމެ ބާރުގަދަ ސިޓީއަށް ލަސްކަރު ފޮނުއްވުމަށް އަމުރުކުރެއްވިއެވެ.

ރޯމަނުންގެ އަތްދަށުގައިވާ އުޚްތާ މިނިވަން ކުރުމަށް ޚަލީފާ ދަތުރުކުރައްވަން ނިންމެވީ ކަޅާ ހުދުގެ އަސްކޮޅެއްގައެވެ. އެއީ އެކަނބުލޭގެއަށް ރޯމަނުން އެފަދައިން މަލާމަތްކޮށްފައިވާތީއެވެ. މި ހަނގުރާމައަށް ޚަލީފާ 17،000 ކަޅާއި ހުދުގެ އަސް ބައްލަވާގަތް ކަމަށް ރިވާއަތްތަކުގައިވެއެވެ.

މި ހަނގުރާމާގައި ޚަލީފާ މުސްތަޢްޞިމްގެ ލަސްކަރުން ރޯމަނުން ބަލިކުރައްވާ އެބައިމީހުންގެ މައްޗަށް ނަޞްރުހޯއްދެވިއެވެ. އަދި ޖަލުގައި ހައްޔަރުވެފައިވާ އުޚްތާގެ ޖަލުގެ ދޮރު ޚަލީފާ މުސްތަޢްޞިމްގެ އަތްޕުޅުން ހުޅުއްވަވާ އެތެރެއަށް ވެންނެވިއެވެ. މި މަންމަޒަރު ފެނި އެ އުޚްތާ ވަރަށް ބޮޑަށް ހައިރާންވެފައި ވާތީ ފެނިވަޑައިގެން ޚާލިފާ މުސްތަޢްޞިމް ހިނިތުންވުމެއް ވެރިކުރައްވަމުން ވިދާޅުވީ މިފަދައިންނެވެ. “އޭ އުޚްތާއެވެ. ކަބުލޭގެ ގޮވާލުމުގެ އަޑު އަހުރެން އަހައިފީމެވެ.”

ނިކަން ވިސްނަވާ ބައްލަވާށެވެ. މިއީ ޚުލަފާއުއް ޜަޝީދޫންގެ ދުވަސްވަރުގަ އާއީ އިސްލާމީ ޚިލާފަތުގެ ރަންޒަމާނުގައި މުސްލިމުންގެ އަމީރުން މުސްލިމުންގެ ހަމަ އެންމެ އުޙުތަކަށް ބަދުބަހެއް ރައްދުވެ އެކަނބުލޭގެ އިތްޒަތާއި ކަރާމަތަށް ހުތުރުވާ ކުޑައަމަލެއް ހިނގުމުން އަމަލުފުފުޅު ކުރެއްވިގޮތެއްވެ. އެންމެ މުސްލިމެއްގެ ދިފާއުގައި މުޅި އުންމަތުގެ ސަފުތައް ރުކުރުވާލި ގޮތެވެ.

އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ އުންމަތުގެ ލީޑަރުންގެ ހާލު ނިކަން ދެކޭށެވެ. ރޮހިންޖްޔާ، ފަލަސްތީނު، ކަޝިމީރު، އިރާޤު، ސީރިއާ އަފްޤާނިސްތާން އަދި މުޅި ދުނިޔޭގެ އެތައް މިތަނުނުގައި މުސްލިމުން އެތައް މުސްލިމުން އަޙުންނާއި އުޚުތުންނެއް ނައަމްސޫފި ތަކެއްފަދައިން ކަތިލެވެމުން އެހެރަދަނީއެވެ. މުސްލިމް މައިންނާ ދަރިންގެ އިތްފަތް އެއްވެސް ރަހުމެއް ނެތި ރޯމާ ދުވާލު ފޭރެމުން ދާއިރު މިކަމާ ދެކޮޅަށް ކުޑަމިނުން އިނގިއްޔެއްގެ މިންވަރުވެސް އުފުލާލަން ކެރޭވަރުގެ ވެރިއަކު މި އިސްލާމީ އުއްމަތަކު މިއަދަކު ނެތެވެ. އޭގެ ބަދަލުގައި ލައްޒަތާއި އަރާމުގެ ދާންތަކުގައި ރަނުގެ ގަނޑުވަރުތަކުގައި އެވެރިން އެތިބެނީ ފިކުރެއް ހިޔާލެއް ނެތިއެވެ. ފަތްފުއްތައް ނިއުޅާލެވޭ ދުވަހު އުޑުތަކާއި ބިމުގެ ވެރިރަސްކަލާންގެ ހަޟްރަތުގައި ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close