ޙަބަރުރ.އަތޮޅު

ދުވާފަރު ރައްޔިތުންގެ އިޖުތިމާއީ ގުޅުން ރަމްޒުކޮށްދޭ ހިތްގައިމު ކަރަކަންދާލި ބީޗު ހުޅުވައިފި

ރ.ދުވާފަރުގައި އިޖުތިމާޢީ ރޮނގުން ހަރަކާތްތެރި އާންމު ރައްޔިތުންގެ ޓީމެއް ކަމުގައިވާ ކަރަކަންދާލި ގުރޫޕުން އިސްނަގައިގެން ދުވަފާރު އާންމު ރައްޔިތުން ގުޅިގެން ތަރައްޤީކުރި ކުރި “ކަރަކަންދާލި ބީޗު” ހުޅުވައިފިއެވެ.

ރ.ދުވާފަރުގައި ތަރައްޤީކުރި ކަރަކަންދާލި ބީޗް ހުޅުވުން
ރ.ދުވާފަރުގައި ތަރައްޤީކުރި ކަރަކަންދާލި ބީޗް ހުޅުވުން

ކަރަކަންދާލި ބީޗު ހުޅުވާފައި ވަނީ މިއަދު ހަވީރު އެ ބީޗުގައި ބެއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދުވާފަރު ރައްޔިތުންނަށް އިޖުތިމާޢީ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަޙްމަދު އަބްދުލް ޤަނީ (މުއްތަބެ) އެވެ.

image-0-02-06-6fed05e6bbf669658ddc96735f13b2c81143e67ff165bf236abad7b6f7740d6b-V

ދުވާފަރުގެ ހުޅަނގު ފަރާތު އަތިރިމަތީގައި ތައްޔާރު ކުރި މި ބީޗްގައި ވަނީ އާއިލާއާއި ރަހުމަތްތެރިނާ އެއްކޮށް ނުކުމެލާ ވަގުތު ހޭދަކޮށްލެވޭނެ ފަދަ ވަސީލަތްތަކާ އެކު ވަރަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްފައެވެ. ފަނާއި ލަކުޑިފަދަ ދިވެހި ވަންތަ ވަސީލަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހަޓް ތަކާއި، ކުޑަތަކާއި އިނދޯލި ތަކާއި، އިށިއިންދެލަން ތައްޔާރުކޮށްފައިވާ އެކި ކަހަލަ ގޮނޑިތަކުން ދުވާފަރު ރައްޔިތުންގެ އުފެއްދުންތެރިކަން ފެނިގެންދެއެވެ.

ސުނާމީގެ ކުރިން ރ.ކަނދޮޅުދޫގައި ދިރިއުޅުނު އަދި އެތަކެއް އަހަރުތަކެއް ވަންދެން ބިމުގެ ދަތިކަން ތަހައްމަލުކޮށްފައިވާ އެ ރަށު ރައްޔިތުން ރ.ދުވާފަރަށް ބަދަލު ކުރުމާއެކު އެ ރަށުގެ ރައްޔިތުންގެ އާ ދިރުއުޅުން ފެނިގެން ދިޔައީ ކުރިއަށް ވުރެ ވެސް އެކުވެރި އިޖުތިމާޢީ ގުޅުންތައް ބަދަހި ރައްޔިތުންތަކެއްގެ ގޮތުގައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "ދުވާފަރު ރައްޔިތުންގެ އިޖުތިމާއީ ގުޅުން ރަމްޒުކޮށްދޭ ހިތްގައިމު ކަރަކަންދާލި ބީޗު ހުޅުވައިފި"


ކިޔުންތެރިއެއް
Maree
1 މަސް 4 ދުވަސް ކުރިން

Mikahala kameh ungoofaaru gaves kuraanamey.

 
Close