ޙަބަރު

ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ ގެތަކެއް ބަލާ ފާސްކޮށް ކަމާގުޅޭތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އުނގޫފާރުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލާފާސް ކުރުމުގެ މަސައްކަތް ފުލުހުން މިއަދު ކޮށްފިއެވެ. ކޯޓު އަމުރާއެކު ފުލުހުން ވަނީ ތުހުމަތު ކުރެވޭ ގެތައްބަލާ ފާސްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަން ގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ބަލާ ފާސް ކުރި ތަންތަނުން ގިނައަދަދެއްގެ ތަކެތި ފުލުހުން ގެންދިޔަ ކަމަށް މަންޒަރުދުއް ފަރާތްތަކުން މައުލޫމާތުދިނެވެ. އެތަންތަނުން ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި ފޮތްތަކާއި ފާޑުފާޑުގެ ކަރުދާހާއި އިސްތަށީގެ އިތުރުން ސިހުރު ހެދުމުގައި ބޭނުންކުރާ ޒާތުގެ ތަކެތި ކަމަށްބެލެވޭ އިތުރު އެއްޗެހިތަކެއްވެސް ގެންދިޔަ ކަމަށް އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވެއެވެ.

ސިހުރުގެ ކަންތަކަކީ މިއަދު މުޅިރާއްޖޭގައިވެސް ވަރަށްބޮޑުވެފައިވާ ވަބާއެކެވެ. މިކަން އަޅުގަނޑުމެންގެ މިރަށުގައިވެސް މިހާރު އަންނަނީ ވަރަށްބޮޑު ވަމުންނެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ފާއިތުވި މަދު ދުވަސްކޮޅުތެރޭގައި ވަނީ ފެންމަތިވެފައެވެ. މިކަމުން އަޅުގަނޑުމެންގެ މިރަށާއި މިރާއްޖެ ސަލާމަތް ކުރެވޭނީ އެންމެން އެކައްޗެއްކިޔައި އެކުގައި މިކަމާދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށްގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

2 ޙިޔާލު - "ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ ގެތަކެއް ބަލާ ފާސްކޮށް ކަމާގުޅޭތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި"


ކިޔުންތެރިއެއް
Badhavi
1 މަސް 7 ދުވަސް ކުރިން

Ithuru mauloomaath beynun. Balaa faaskuree kon gethakeh kamaai, thakethi fenunee kon gethakakun kan

ކިޔުންތެރިއެއް
Aisha
1 މަސް 7 ދުވަސް ކުރިން

Kon geakunbaa mithakethi mi fenunee

 
Close