ޙަބަރުރ.އަތޮޅުސިއްޙަތު

އަންނަ ހޮނިހިރު ދުވަހު ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެ

11 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރ ހަސަން ފަޒީލް ވިދާޅުވީ ހޮނިހިރު ދުވަހު އޯޕީޑީގެ ހިދުމަތް ބަންދުވަނީ އެދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހަކަށްވާތީ ކަމަށެވެ.

އޯޕީޑީގެ ހިދުމަތް ބަންދުވަނީ ދިވެހިރާއްޖޭގެ ޖުމުހޫރީދުވަހާއި ގުޅިގެން ސަރުކާރު ބަންދުވާތީއެވެ. އޯޕީޑީގެ ހިދުމަތް ބަންދުވުމުން ސްޕެޝަލިސްޓް ޑޮކްޓަރުން އެދުވަހު ޑިއުޓީއަކަށް ނުނިކުތަސް މެޑިކަލް އޮފިސަރުންނާއެކު ހޮސްޕިޓަލުގެ ހިދުމަތް މެދުކެނޑުމެއްނެތި  ލިބެމުންދާނެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ހޮސްޕިޓަލުން އެދިލަށްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close