ޙަބަރުކުޅިވަރު

އަރުތަ ރެކްރިއޭޝަން ކްލަބަށް ލަންކާ ކުޅުންތެރިއަކާއި ޓްރެއިނަރެއް

ސައިފް ގޯލްޑަން ޖުބުލީ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ ރ އަތޮޅު ކައުންސިލް އިދާރާގެ އަރުތަ ރެކްރިއޭޝަން ކްލަބަށް އަވަށްޓެރި ސްރިލަންކާގެ ކުޅުންތެރިއަކާއި ޓްރެއިނަރެއް ގެނެސްފިއެވެ. މިކުޅުންތެރިޔާ އަށް އިފުރު އެއަރޕޯޓުން ނާއި އަދި އުނގޫފާރަށް އައުމުން އަރުތަ ރެކްރިއޭޝަން ކްލަބުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަރުތަ ރެކްރިއޭޝަން އަށް ގެނެސްފައިވާ މިކުޅުންތެރިއަކީ ސްރީލަންކާގެ ޔުނިވަރސިޓީ ލެވެލްގައި ކުޅެފައިވާ ލަންކާގެ އުއްމީދީ ކުޅުންތެރިއަށްކަމަށް މައުލޫމާތު ލިބެއެވެ. މިއީ އުމުރުން 24 އަހަރުގެ ޕަރަމޮޑި މަޑުޝަނި ރާއްޖޭގައި ކުޅޭ ފުރަތަމަ މުބާރާތެވެ.

އަރުތަ ރެކްރިއޭޝަން އަށް ގެނައި ޓްރެއިނަރ ޗައްނަރ އަކީ ރާއްޖޭގެ ރިސޯރޓް މުބާރާތްތަކަށް ވަރަށްގިނަފަހަރު އައިސްފައިވާ މީހެކެވެ. އަދި އުނގޫފާރު ސްކޫލް މަންހަޖު ޓީމްގެ ކޯޗް އަކުރަމްގެ ގާތް އެކުވެރިއެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "އަރުތަ ރެކްރިއޭޝަން ކްލަބަށް ލަންކާ ކުޅުންތެރިއަކާއި ޓްރެއިނަރެއް"


ކިޔުންތެރިއެއް
Emanjje
1 މަސް 4 ދުވަސް ކުރިން

Ungoofaaru schoolan genaa kulhuntheriyaage vaahaka ungoofaaru .com gai liyelan hin nuru heneetho..

 
Close