ޙަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 27 ނޮވެމްބަރުގައި ފަށަނީ

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހިތާނީ ކޭމްޕު ބާއްވަން ނިންމައި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 27 ނޮވެމްބަރ އިން 13 ޑިސެމްބަރ އަށް ކުރިއަށްގެންދާ މިކޭމްޕް ގައި ހިތާނުކުރުން  5 ދުވަހު ކުރިއަށްދާނެއެވެ.

ހިތާނީ ކޭމްޕްގައި ކުދިން ހިތާނުކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 27 އަދި 29 ނޮވެމްބަރ އާއި 4، 11 އަދި 13 ޑިސެމްބަރުގައެވެ. ޖުމުލަ 50 ކުދިންނަށް ބައިވެރިވެވޭ ގޮތައް ކުރިއަށް ގެންދާ މިކޭމްޕްގައި ކުދިން ބައިވެރިކުރުމަށް ބޭނުންވާ ފަރާތްތަކުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓްރީ ކުރުމުގެ އިތުރުން ހޮސްޕިޓަލަށް ގުޅައިގެންވެސް ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމު ސައުވީސް ގަޑިއިރު ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިސަރ ހަސަން ފަޒީލް ވިދާޅުވީ ހިތާނީ ކޭމްޕްގައި ހިތާނުކުރާ ކުދިން އެއްދުވަސްކުރިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ހަދަންޖެހޭ ޓެސްޓްތައް ހެދޭނެކަމަށެވެ. އަދި ހިތާނު ކުރުމަށްފަހު ކުދިން އެއްމެ އަވަހަށްވެސް ދޫކޮށްލާނީ ޖެހިގެން އަންނަ ދުވަހު ކަމަށެވެ. އަދި މިކޭމްޕްގައި ހިތާނު ކުރާ ކޮންމެ ކުއްޖަކަށްވެސް ހާއްސަ ހަދިޔާއެއް ހޮސްޕިޓަލުން ދޭނެ ކަމަށެވެ. 2 ހަފްތާއަށް ކުރިއަށްދާ މިކޭމްޕްގައި ކޮންމެ ދުވަހަކު ހިތާނު ކުރެވޭނީ 10 ކުދިން ކަމަށެވެ.

މިކޭމްޕްގައި އުނގޫފާރާއި ރ އަތޮޅުގެ އިތުރުން ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close