ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

“ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ގެ ވޮލީ މުބާރާތް އިއްޔެ ހަވީރު ފަށައިފި

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. އިއްޔެ ހަވީރު 4:00 ގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރަށްގުޑުވާ ޓީމާއި ބޭރިއަންސް ޓީމެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ރަށްގުޑުވާ އެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ޝަރަފުވެރިކޮށްދިން މި މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ބޭރިއަންސް އިން ރަނގަޅު ކުޅުމެއް ދައްކާ ނަތީޖާ ތަފާތުކުރިއެވެ. ނަމަވެސް ސެޓްގެ މެދު ތެރޭގައި އެޓީމުގެ ކުޅުން ދަށްވެ ރަށްގުޑުވާއިން ލީޑް ނަގާ މި ސެޓް 25 – 19 އިން ކާމިޔާބު ކުރިއެވެ.

މެޗުގެ ފަހު ދެ ސެޓްގައި ރަށްގުޑުވާ ޓީމުންވަނީ ތަފާތު ދައްކާ އެ ސެޓް ވެސް ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓް 25 – 10 ގެ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރި އިރު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25 – 16 އިންނެވެ. މި މެޗްގައި ރަށްގުޑުވާ ޓީމަށް ކުޅޭ ރަށުން ބޭރު ދެކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ބޭރިއަންސް ޓީމްގައި އިއްޔެ ކުޅެފައިވަނީ ހުސް ކިނޮޅަހު ކުޅުންތެރިން ހިމަނައިގެންނެވެ. އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާ އަށް ކުޅޭ ރަށުން ބޭރު އެއް ކުޅުންތެރިޔާ އެޓީމްގެ ޖާޒީ ނަންބަރު 8 އަކްމަލްއެވެ.

މިއީ ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތެވެ.

މިކުޅިވަރު ފެސްޓިވަލްގެ ވޮލީ މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޭވައްލާ ޓީމާއި ކޮކޯ ޓީމެވެ. މި މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close