ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

“ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ދެވަނަ މެޗު ކޮކޯ ކާމިޔާބު ކޮށްފި

 

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތްގައި އިއްޔެ ކުޅުނު މެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކުރީ ކޮކޯ ޓީމެވެ.

އިއްޔެ ހަވީރު 4:10 ގައި ކިނޮޅަހު ވޮލީކޯޓްގައި ކުޅުނު މި މުބާރާތުގެ ދެވަނަ މެޗް ކޮކޯ ކާމިޔާބު ކުރީ ހޭވައްލާ ޓީމާ ބައްދަލުކޮށް 3 ސެޓް 2 ސެޓުންނެވެ. މެޗް ގެ ފުރަތަމަ ސެޓް ކޮކޯ ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށްފަހު 25 – 21 އިންނެވެ. ދެވަނަ ސެޓް ފަށައިގެން ހަމަހަމަކޮށް ގޮސް ސެޓް ކާމިޔާބު ކުރީ ހޭވައްލާ ޓީމުންނެވެ. އެއީ 25 – 27 އިންނެވެ. ތިން ވަނަ ސެޓް ކޮކޯ ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސެޓް ކޮކޯ ގެންދިޔައީ 25 – 15 އިންނެވެ. ނަމަވެސް މެޗްގެ ހަތަރު ވަނަ ސެޓް 21 – 25 އިން ހޭވައްލާ ކާމިޔާބުކޮށް ދެޓީމް ހަމަހަމަކުރިއެވެ. އެޔަށްފަހު ކުޅުނު ޓައިބްރޭކް ސެޓްގައި ވެސް ފެނުނީ ދެޓީމް ހަމަހަމަކޮށެވެ. މި ސެޓް 17 – 15 އިން ކާމިޔާބުކޮށް ކޮކޯ އިން ފުރަތަމަ މޮޅު ހޯދިއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮކޯ ޓީމްގެ ރަށުން ބޭރު ކުޅުންތެރިޔާ ސައީދު މޫސާ ( ސައިއްޓެ ) އެވެ.

މި މެޗްގައި ދެޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ދެޓީމްގެ ސަޕޯޓަރުންގެ ފަރާތުން ވެސް ފޯރިގަދަ ސަޕޯރޓެއް ފެނިގެންދިޔައެވެ.

މި މެޗް ފެށުމުގެ ކުރިން މި މުބާރާތުގައި ވާދަކުރާ ރަށްގުޑުވާގެ ފަރާތުން އަނެއް ތިން ޓީމަށް ޑްރިންކް ހަވާލުކުރުން އޮތެވެ. މި ޑްރިންކް ހަވާލުކޮށްދެއްވީ ރަށްގުޑުވާގެ ރައީސް ޢަބްދުލް ހާދީ ޔޫސުފްއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ރަށްގުޑުވާ އާއި ކޮކޯއެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

This slideshow requires JavaScript.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close