ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ފަހަތުންއަރާ 3 ސެޓް ހޯދައިގެން ރަށްގުޑުވާ މެޗުކާމިޔާބުކޮށްފި

“ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހުގައި މިހާރު ކުރިޔަށްދާ އެރަށު ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗް ، ކޮކޯ ޓީމުން ދެސެޓް ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ 3 ސެޓް ހޯދައިގެން ރަށްގުޑުވާ ޓީމު މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކިނޮޅަހު ކޯޓްގައި ކުޅުނު މި މެޗްގެ ފުރަތަމަ ދެސެޓްގައި ދެޓީމްގެ ފަރާތުގެ ފަރާތުން ވާދަވެރި ކުޅުމަކަށްފަހު ކޮކޯ އިން ދެ ސެޓް ވެސް ކާމިޔާބު ކުރީ 25 – 23 އިންނެވެ. މެޗްގެ ތިން ވަނަ ސެޓްގައި ކޮކޯ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ސެޓް ރަށްގުޑުވާ އިން ކާމިޔާބު ކުރީ 9 – 25 ގެ ބޮޑު ތަފާތަކުންނެވެ.

ދެޓީމްގެ ސަޕޯޓަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު މި މެޗްގެ 4 ވަނަ ސެޓްގައި ދެޓީމްގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސެޓްގެ ފަހުކޮޅު ރަށްގުޑުވާއިން މޮޅު ކުޅުމެއް ކުޅެ މި ސެޓް 22 – 25 އިން ކާމިޔާބު ކުރިއެވެ. މެޗްގެ ނަތީޖާ ނެރެން ކުޅުނު 5 ވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. 14 – 16 އިން މި ސެޓް ރަށްގުޑުވާ އިން ގެންގޮސް ކުޅުނު ދެވަނަ މެޗުން އެޓީމް މޮޅުވިއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާގެ ރަށުން ބޭރު ކުޅުންތެރިޔާ އަކްމަލްއެވެ.

 

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތްގައި މިއަދު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ބޭރިއަންސް އާއި ހޭވައްލާއެވެ. މި މެޗް ފެށޭނީ ހަވީރު 4:00 ގައެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close