ޙަބަރުރ.އަތޮޅު

ސަމާލުވޭ! ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ!

ސްރީލަންކާގެ ހުޅަނގު ދެކުނު ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މިތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރިއަށް ވުރެ ބޯކޮށް ވާރޭ ވެހި ވައިގަދަވެ ކަނޑުތައް ވެސް ކުރިއަށް ވުރެ ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިވިއްސާރާގައި މިހާތަނަށް ނުރައްކާތެރި 16 ހާދިސާއެއް ރެކޯޑްކުރެވިފައިވާ ކަމަށް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ. މީގެތެރޭގައި 2 ދޯންޏެއް އަޑިއަށް ދިއުމުގެ ހާދިސާ ހިމެނެއެވެ. މީގެ އިތުރުން އުދައެރުމާއި ބައެއްރަށްރަށުގައި ފެން ބޮޑުވުމާއި ގޭގޭގެ ފުރާޅު އެއްލާލުންވެސް ހިމެނެއެވެ. މިހާރު މޫސުން ހުރިގޮތުން ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރު ތައްފިޔަވައި އެހެންދަތުރުތައް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ސްރީލަންކާގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާ އިރު ތޫފާން މިހާރު މިސްރާބު ޖަހާފައިވަނީ ހުޅަނގު އުތުރުން ރާއްޖެއާއި ދުރަށް އިންޑިއާގެ އައްސޭރި ސަރަހައްދެއް ކަމަށްވާ ލަކްޝަދީޕާ ދިމާލަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި ތޫފާން ލަކްޝަދީޕު ކައިރިން ލާފައި ގޮސް ހޮނިހިރު ދުވަހު ނުވަތަ އާދިއްތަ ދުވަހު އަރަބިއަން ކަނޑު ތެރެއަށް ދާނެއެވެ.

ތޫފާންގެ ބާރު ކުރިއަށް އޮތްތަނުގައި ދާނީ އިތުރަށް ގަދަވަމުން ކަމަށްވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިލާތަކުން ރާއްޖެއަށް އިތުރަށް ވިއްސާރަކޮށް މޫސުން ގޯސްވާނެއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close