ޙަބަރުރ.އަތޮޅު

ފާއިތުވި 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ އަތޮޅަށް

އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި އުފެދިފައިވާ ތޫފާން އޮކްޝީ  ގެ ސަބަބުން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ ސައުވީސް ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ ރ އިފުރަށެވެ. އިފުރަށް 175 މިލިލިޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

މިވއްސާރާގައި މިއަދު އިފުރު އެއަރޕޯޓްގައި ގިނަބަޔަކު ތާށިވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެއީ މިސަރަހައްދުގެ އެކި ރިސޯޓް ތަކަށް އައިސްފައިވާ ފަތުރުވެރިން ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑު ގަދަވެ ދަތުރު ނުކުރެވިގެން ނ އަތޮޅު ރޮބިންސަން ރިސޯޓަށް އައި ފަތުރުވެރިން ތަކެއް މިރޭ އުނގޫފާރަށް ގެނެސްފައިވެއެވެ.

އުނގޫފާރަށް ގެނައި ފަތުރު ވެރިންގެ ތެރޭގައި ޖަރުމަނާއި ފްރާސް އަދި ސްވިޒަލެންޑްގެ ފަތުރު ވެރިން ހިމެނެއެވެ. މިހުރިހައި ފަތުރު ވެރިންނަށްވެސް މިހާރުވަނީ އުނގޫފާރުގެ ގެސްޓްހައުސް ތަކުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައެވެ.

މިހާރު  އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށާއި ފަޅުގައި އަޅާފައި ވާ އުޅަނދު ފަހަރަށްވެސް ރަނގަޅަށް ބެލުމަށް އެމް. އެން .ޑީ އެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުމަތީގެ ހާދިސާ އެއް ދިމާވެއްޖެނަމަ 191 އަށް ގުޅުއްވުމަށް ވެސް އެމް.އެން.ޑީ އެފް އިން ވަނީ އެދިފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close