ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ތިން ސެޓުން މޮޅުވެ ހޭވައްލާ ފައިނަލްގެ ފުރުސަތުބޮޑު ކޮށްފި

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހުގައި މިހާރު ކުރިޔަށްދާ އެރަށު ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުން މޮޅުވެ ، ފައިނަލަށް ދިޔުމުގެ ފުރުޞަތު ހޭވައްލާ ޓީމުން ބޮޑުކޮށްފިއެވެ.

4 ޓީމް ވާދަ ކުރާ މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ދެ މެޗް ކުޅުނުއިރު 5 ޕޮއިންޓް ހޯދައިގެން ރަށްގުޑުވާ އެއްވަނައިގައި އޮތް އިރު ދެވަނައިގައި ހޭވައްލާ އޮތީ 4 ޕޮއިންޓް ހޯދައިގެންނެވެ. އަދި ކޮކޯ 4 ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތްއިރު ، ބޭރިއަންސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ސީދާ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާ އިރު ، ހޭވައްލާ އާއި ރަށްގުޑުވާ ކުޅޭ މެޗުން ހޭވައްލާއަށް 3 ޕޮއިންޓް ލިބިއްޖެނަމަ ފައިނަލްގެ ފުރަތަމަ ޖާގަ އެޓީމަށް ލިބޭނެއެވެ.

އިއްޔެ ހަވީރު ކިނޮޅަހު ކޯޓްގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ހޭވައްލާއެވެ. އެއީ 25-13 އިންނެވެ. ނަމަވެސް ދެވަނަ ސެޓްގައި ބޭރިއަންސްގެ ކުޅުން ރަނގަޅުކޮށް ސެޓް ނިންމަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް މި ސެޓް 26-24 އިން ގެންދިޔައީ ހޭވައްލާއެވެ. މެޗު ގެ ތިންވަނަ ސެޓްގެ ކުރީ ކޮޅު ވާދަވެރިކަން އޮތް ނަމަވެސް މި ސެޓް 25-18 އިން ކާމިޔާބު ކުރީ ހޭވައްލާއެވެ.

This slideshow requires JavaScript.

މެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހޭވައްލާ ޓީމްގެ ޙުސައިން ޝާހުއެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ބޭރިއަންސް އާއި ކޮކޯއެވެ.

މި  މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close