ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ތިން މެޗުން ބަލިވެ ބޭރިއަންސް މުބާރާތުން ކަޓައިފި

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތުގެ ކުޅުނު ތިން މެޗުން ބަލިވި ބޭރިއަންސް މުބާރާތުން ކަޓައިފިއެވެ.

ބޭރިއަންސް ފަހު މެޗުގައި އިއްޔެ ހަވީރު ކޮކޯ އާ ބައްދަލުކޮށް ބަލިވީ 3 ސެޓް 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ކޮކޯއިން ކާމިޔާބު ކުރީ މާބޮޑު ވާދަވެރިކަމެއް ނެތި ، 25 -11 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓްގައި ބޭރިއަންސް ވަނީ މޮޅު ކުޅުމެއް ކުޅެ މި ސެޓް ކާމިޔާބު ކޮށްފައެވެ. އެއީ 21 – 25 އިންނެވެ. ތިން ވަނަ ސެޓްގައި ބޭރިއަންސް ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް މި ސެޓް 25 – 19 އަދި ފަހު ސެޓް 25 – 10 އިން ކާމިޔާބުކޮށް ކޮކޯ އިން މެޗު ކާމިޔާބު ކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮކޯ ޓީމްގެ މުޙައްމަދު ޠާހިރުއެވެ. މި މުބާރާތުގައި މާދަމާ ކުޅެވޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. ބައްދަލު ކުރާނީ ރަށްގުޑުވާ އާ ހޭވައްލާއެވެ. މި މެޗުގެ ނަތީޖާއިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close