ޙަބަރުދީން

އުނގޫފާރުގައި ކުރިއަށްދިޔަ ޤާރީ ކޯސް ތަކުގެ ދަސްވެނިމުން ރޭ ބާއްވައިފި

 

އިންސްޓިޓިއުޓް އޮފް ހޯލީ ޤުރުއާން އަދި ޖަމްމިއްޔަތުއްސައިފް އަދި އުނގޫފާރު ކައުންސިލް ގުޅިގެން އުނގޫފާރުގައި ކުރިއަށްގެންދިޔަ ޤާރީ ކޯސް ލެވެލް 1 އަދި 2 ގެ ބައިވެރިންގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ ރޭ 8:30 ގައި ޖަމްއިއްޔަތުއްސައިފް ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރ ޖުޑީސަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު ސޯދިގުއެވެ.

20 މެއި 2017 ގައި ފެށި މިކޯސްތަކުގައި 45 ބައިވެރިން ބައިވެރިވެ 43 ބައިވެރިއަކު ވަނީ ކޯސް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައެވެ.

ޤާރި ކޯސް ލެވެލް 1 ގެ އެއްވަނަ ހޯދީ ޒުލޭހާ އިބްރާހީމް އެދުރުގެ ޅ ކުރެންދޫ އެވެ. ދެވަނަ ހޯދީ އަމަތުﷲ ލަތީފް ފަންގި ރ އުނގޫފާރުއެވެ. ތިންވަނަ ހޯދީ އަހުމަދު އަނޫފް ވެނިސް އަދި އަލީ ރިޒާ ފޫޅުމާގެ ރ އުނގޫފާރު އެވެ.

ޤާރީ ކޯސް ލެވެލް 2 ގެ އެއްވަނަ ހޯދީ އިބްރާހީމް ފުރުޤާން ގަސްކަރަ ރ އުނގޫފާރުއެވެ. ދެވަނަ ހޯދީ އިނާޔާ ސައީދު އަމަން ރ އުނގޫފާރުއެވެ. ތިންވަނަ ހޯދީ މަރްޔަމް ސައީދާ ގަސްކަރަ ރ އުނގޫފާރުއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަ ފުޅުގައި އަންހެން ބޭފުޅުން މިކަމަށް ޝައުޤުވެރިވެ މިފަދަ ކޯސްތައް ފުރިހަމަކުރުމަކީ ރަގަނޅު ދަރިފަސްކޮޅެއް ބިނާކުރުމަށް ލިބިގެންދާ އެޅިގެންދާ ރަގަނޅު ބިންގަލެއް ކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤާރީ ހުސައިން ރަޝީދު ވިދާޅުވީ މީއީ ޤާރީ ކޯސްތަކުގައ ވަނަ ތައް ހޮވި ފުރަތަމަ ފަހަރު ކަމަށެވެ.

ޤާރީ ކޯސްތަކުގެ އިތުރު ބުރެއް މިހިނގާ ޑިސެމްބަރ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ނަމާދު ވޯކްޝޮޕް ތަކެއް ފެށުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.

This slideshow requires JavaScript.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close