ޙަބަރު

ރިވެލި ގޭގެ މަގުފާރުން ބޮޑުބައެއް ވެއްޓިއްޖެ

ރ އުނގޫފާރު ރިވެލި ގޭގެ މަގުފާރުން ބޮޑުބައެއް މިއަދު ވެއްޓިއްޖެއެވެ. މިފާރުން ބައެއް ވެއްޓިފައިވަނީ މިއަދު ހެނދުނު ދިހައެއް ޖަހާކަށް ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

މިފާރު ވެއްޓެން ދިމާވީ އާޒީ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައެވެ. މަންޒަރު ދުއްފަރާތްތަކުން މައުލޫމާތު ދިންގޮތުގައި ފާރުވެއްޓުނީ މަގުގެ އަރިމަތީގައި ކާބް ސްޓޯން ޖެއްސުމަށް ފާރުކައިރިން ކޮނެފައި ހުއްޓައެވެ. ފާރު ވެއްޓުނީ ފާރު ވެއްޓިދާނެކަމަށްބަލައި ފާރު ހިފެހެއްޓުމަށް ދަގަނޑު ހޮޅި ކޮޅަށް ޖަހައިފައި ހުއްޓައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

 

އުނގޫފާރުގެ މަގުތަށް ހެދުމުގެ މަސައްކަތް ފެށިފަހުން ދުވަސްވީ ބާފާރުތައް ވެއްޓުމުގެ ހާދިސާތައް އަންނަނީ ދިމާވަމުންނެވެ. އޮގަސްޓް 19 ވަނަ ދުވަހު އުނގޫފާރު ކައުންސިލް އިދާރާގެ މަގު ފާރުން ބައެއްވެޓި މަސައްކަތުގައި އުޅުނު ބިސޭސީ އަކަށްވަނީ އަނިޔާވެފައެވެ. މިއަދު ވެސް ވެއްޓިފައިވަނީ ދުވަސްވީ ފާރެއްކަމަށް މައުލޫމާތު ލިބެއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close