ޙަބަރުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ފައިނަލްގެ ފުރަތަމަ ޖާގަ ރަށްގުޑުވާ އަށް

ފައިނަލްގެ ފުރަތަމަ ޖާގަ ރަށްގުޑުވާ އަށް

ކިނޮޅަހުގައި މިހާރު ކުރިޔަށްދާ އެރަށު ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ރަށްގުޑުވާއިން ހޯދައިފިއެވެ.

ރަށްގުޑުވާއިން ފައިނަލްގެ ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު މެޗު ހޭވައްލާއާ ބައްދަލުކޮށް 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް ޖުމްލަ 7 ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ޕޮއިންޓް އުސޫލުން ކުޅޭ ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނެއެވެ. ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ދެވަނަ ހޯދާ ޓީމާ ތިން ވަނަ ހޯދާ ޓީމެވެ. މުބާރާތުގެ ހަ ޕޮއިންޓް ލިބިގެން ކޮކޯއަށް ދެވަނަ ލިބޭއިރު ، ހަ ޕޮއިންޓް ލިބިގެން ތިން ވަނަ ލިބެނީ ހޭވައްލާއަށެވެ.

އިއްޔެ ހަވީރު ކިނޮޅަހު ކޯޓްގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް ހޭވައްލާއިން 25-21 އިން ކާމިޔާބު ކުރިއިރު ، ދެވަނަ ސެޓް ހަމަ މި ނަތީޖާއިން ކާމިޔާބު ކުރީ ރަށްގުޑުވާއިންނެވެ. މެޗުގެ ތިން ވަނަ ސެޓްގައި ހޭވައްލާ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ، މި ސެޓް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ރަށްގުޑުވާއިންނެވެ. އެއީ 15 – 25 އިންނެވެ. ހަތަރުވަނަ ސެޓްގައި ދެޓީމްގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ސެޓް 26-24 އިން ހޭވައްލާ ގެންގޮސް ، ޓައިބްރޭކް ސެޓަށް ދިޔައެވެ. މެޗުގެ ފަސްވަނަ ސެޓްގައި ވެސް ފެނުނީ ހަމައެހާމެ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. މި ސެޓް ރަށްގުޑުވާއިން 17 -19 އިން ހޯދާ މެޗް ކާމިޔާބު ކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާ އަށް ކުޅޭ ރަށުން ބޭރު އެއް ކުޅުންތެރިޔާ އެޓީމްގެ ޖާޒީ ނަންބަރު 8 އަކްމަލްއެވެ.

މިއަދު ހަވީރު 4:00 ގައި ކުޅޭނީ ސެމީ ފައިނަލްގެ މެޗެވެ. ބައްދަލު ކުރާނީ ކޮކޯއާ ހޭވައްލާއެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close