ޙަބަރުރ.އަތޮޅުކުޅިވަރު

ޒައިޒޮން ފުޓްސަލް ޗެލެންޖް 2017ގެ ޗެމްޕިއަންކަން ޝިކާގޯ ހޯދައިފި.

ރ.ހުޅުދުއްފާރުގައި ކުރިއަށްދިޔަ ޒައިޒޮން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ޝިކާގޯ ހޯދައިފިއެވެ. 25 ނޮވެމްބަރ ން 3 ޑިސެމްބަރ ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި ހުޅުދުއްފާރުގެ ޓީމު ތަކުގެ އިތުރުން އަލިފުށީގެ ޓީމެއްވެސް ވާދަކުރިއެވެ.

ޖުމްލަ 7 ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ޝިކާގޯ އަދި ހަރިކޭން އެވެ. ފޯރިގަދަ މި މެޗް 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޝިކާގޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޝިކާގޯގެ ޖާރޒީ ނަމްބަރު 2 އަޙުމަދު އައިހަމް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު 5 ކުޅުންތެރިން އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝިކާގޯގެ ޖާރޒީ ނަމްބަރު 33 ޢަބްދުލް މަންނާނު އިބްރާހީމް އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 13 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. މަންނާނު ވަނީ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނި އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. މަންނާނުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޝިކާގޯގެ ގޯލް ކީޕަރ އަޙްމަދު ސިރާޖު، ހުސެއިން ޝަފީޢު އަދި އަޙްމަދު އައިހަމް ހިމެނެއެވެ. އޭގެ އިތުރުން  އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ ހަރިކޭންގެ ޖާރޒީ ނަމްބަރު 7 ފާރިޝް މުބާރިކު އެވެ.

ހުޅުދުއްފާރު ޒުވާނުންނަށް އަމާޒުކުރެވިގެން ވާދަވެރިކަމާއެކު ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި  ޒައިޒޮން ފިހާރައިން ބޭއްވި މުބާރާތެކެވެ. މިއަހަރު ތެރޭގައި ރ ހުޅުދުއްފާރުގައި ހުޅުވި “ޒައިޒޮން” ފިހާރަ އަކީ ޒުވާނުންނާއި ގުޅުން ހުރި ގިނަ ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފިހާރައެކެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close