ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ފައިނަލްގެ ދެވަނަ ޖާގަ ކޮކޯ އަށް

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހުގައި މިހާރު ކުރިޔަށްދާ އެރަށު ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކޮކޯއިން ހޯދައިފިއެވެ.

ފައިނަލް ގެ ދެވަނަ ޖާގަ ކޮކޯއިން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ހޭވައްލާއާ ވާދަކޮށް 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ. ހަވީރު ކިނޮޅަހު ވޮލީކޯޓްގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ، 25 – 23 އިން ކާމިޔާބު ކުރީ ހޭވައްލާއިންނެވެ. ޖެހިގެން އައި ދެސެޓް ފަސޭހަކާއެކު ކޮކޯއިން ވަނީ ހޯދާފައެވެ. އެއީ 25-14 އަދި 25-18 އިންނެވެ. އަދި ފަހު ސެޓްގައި ވާދަވެރިކަން ފެނިގެން ދިޔައެވެ. މި ސެޓް ކޮކޯއިން ކާމިޔާބު ކުރީ 25 – 21 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮކޯ ޓީމްގެ ސަނީހު އާދަމްއެވެ.

މި މުބާރާތުގެ ފައިނަލް ކުޅެވޭނީ 7 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު ހަވީރު 4:00 ގައި ކިނޮޅަހު ވޮލީކޯޓްގައެވެ. ބައްދަލު ކުރާނީ ރަށްގުޑުވާ އާއި ކޮކޯއެވެ.

މި  މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close