ޙަބަރު

މާސްޓަރ އޮފް އެޑިޔުކޭޝަން ކޯސް އުނގޫފާރުގައި އަންނަ އަހަރު ފަށަނީ

ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން ކޯހެއް އަންނަ އަހަރު އުނގުފާރުގައި ކުރިއަށް ގެންދަން ނިންމައި އެކޯހުގައި ބައިވެރި މުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކޯހުގައި ބައިވެރިވާން އެދޭ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ 6 ޑިސެމްބަރ 2017 ން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ޔުނިވާސިޓީން މިކަން އާންމުކުރުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާސްޓަރ އޮފް އެޑިޔުކޭޝަން ކޯސް އިއުލާން ކުރުމުން އުނގޫފާރުގައި ހިންގުމަށް ކުރިން އިއުލާނު ކުރެވިފައިވާ ޔުނިވާސިޓީގެ ނަމްބަރ: MNU-CA-RG/2017/48  އިއުލާނު ބާތިލުވީ ކަމަށެވެ.

މަތީގައިވާ ކޯހުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް މި ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.

http://mnu.edu.mv/wp-content/uploads/2017/11/Course-info-sheet-2018-Term-1-1.pdf

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close