ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ކިނޮޅަހު ވޮލީ މުބާރާތުގެ ފައިނަލް މިއަދު ހަވީރު

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅެވޭނެއެވެ.

މިއަދު ކުޅޭ ފައިނަލްގައި ވާދަ ކުރާނީ ރަށްގުޑުވާ އާއި ކޮކޯއެވެ. މި މުބާރާތުގެ ފައިނަލަށް ރަށްގުޑުވާ ދަތުރު ކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ރަށްގުޑުވާ ފުރަތަމަ މެޗުގައި ބޭރިއަންސް އާ ވާދަކޮށް ސީދާ 3 ސެޓުން މޮޅުވެ ، ދެވަނަ މެޗުގައި ކޮކޯ އާ ވާދަކޮށް މޮޅުވީ 3 ސެޓް 2 ސެޓުންނެވެ. އަދި ތިން ވަނަ މެޗުގައި ހޭވައްލާ އާ ބައްދަލުކޮށް ވެސް ރަށްގުޑުވާއިން މޮޅުވީ 3 ސެޓް 2 ސެޓުންނެވެ. އެހެންކަމުން 7 ޕޮއިންޓްއާ އެކު ސީދާ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ރަށްގުޑުވާއިންނެވެ.

ކޮކޯ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗުގައި ހޭވައްލާ އާ ވާދަކޮށް 3 ސެޓު 2 ސެޓުން މޮޅުވެ ޖެހިގެން އައި މެޗުގައި ރަށްގުޑުވާއާ ބައްދަލުކޮށް 3 ސެޓް 2 ސެޓުން ބަލިވެ ފަހު މެޗުގައި ބޭރިއަންސް އަތުން 3 ސެޓް 1 ސެޓުން މޮޅުވެ ސެމީ ފައިނަލްގައި ހޭވައްލާ ބަލިކޮށްގެންނެވެ.

ސެމީ ފައިނަލް މެޗުން ކޮކޯ މޮޅުވީ 3 ސެޓް 1 ސެޓުންނެވެ.

މިއަދު 4:00 ގައި ކުޅޭ ފައިނަލް މެޗުގައި ވާދަކުރާ ދެޓީމަކީ މި މުބާރާތުގައި މިހާތަނަށް އެންމެ އެޓޭކް ރަނގަޅު ދެޓީމެވެ. މި ދެޓީމުގައި ވެސް ރަށުން ބޭރު ދެކުޅުންތެރިން ހިމެނެއެވެ.

މިއަދުގެ ފައިނަލަށް ފަހު މުބާރާތުގެ ޗެމްޕިއަންސް ޓީމާއި ރަނައަޕްސް ޓީމާ އަދި ވަނަވަނައަށް އަންނަ ކުޅުންތެރިންނަށް ޓްރޮފީ ދިނުން އޮންނާނެއެވެ.

މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނާރ އަކީ ލިޓަސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރ އަކީ އުނގޫފާރު ޑޮޓްކޮމްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close