ޙަބަރުރ.އަތޮޅުމުނިފޫހި ފިލުވުން

މޯލްޑިވިއަން އައިޑޮލް އުނގޫފާރު އޮޑިޝަން ޑިސެމްބަރ 9 ގައި

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، “މޯލްޑިވިއަން އައިޑަލް” ގެ ތިންވަނަ ސީޒަންގެ އުނގޫފާރު އޮޑިޝަން އަންނަ ހޮނިހިރު ދުވަހު އުނގޫފާރު ގައި އޮންނާނެއެވެ.

ހޮނިހިރު ދުވަހު އުނގޫފާރުގައި އޮޑިޝަން ކުރިއަށްދާނީ ހެނދުނު 9 ން ހަވީރު 5 އަށް އުނގޫފާރު ކުލަބް ޔޫތު ސްޓަރގެ އިދާރީ މަރުކަޒުގައެވެ.

އޮޑިޝަންގައި ބައިވެރިވުމަށް ކުރިން ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން މި އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހު އުނގޫފާރަށް އައިސް އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. ރ އަތޮޅުގެ އެހެން ރަށްތަކުން އެއްރަށަކުން މަދުވެގެން 10 ފަރާތަކުން ބައިވެރިވާނަމަ އެފަރާތްތަކަށް އުނގޫފާރަށް އައުމުގެ އިންތިޒާމްވެސް ހަމަ ޖައްސައިދެވޭނެކަމަށް ޕީއެސް އެމްގެ ފަރާތުން އުނގޫފާރު ޑޮޓްކޮމްއާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

 

އުނގުފާރު އޮޑިޝަން އާއި ބެހޭގޮތުން މައުލޫމާތު ސާފުކުރަށްވަން ބޭނުންފުޅު ވެލައްވާ ފަރާތްތަކުން 7593983 އަދި 7412586 ނަމްބަރު އާއު ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

މި ބޮޑު ހަރަކާތަށް ހޮނިހިރު ދުވަހަށް އުނގޫފާރު ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close