ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ވޮލީ ޗެމްޕިއަންކަން ރައްގުޑުވާ ހޯދައިފި

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ވޮލީ މުބާރާތް

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ވޮލީބޯޅަ މުބާރާތުގެ ފައިނަލް  ފޯރިގަދަ މެޗަކަށްފަހު ރަށްގުޑުވާއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖަމްޢިއްޔަތުލް އިއްތިހާދުގެ މަސްޢޫލް މެމްބަރ ޢަބްދުލް މުޙްސިން ޙަސަން ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗު ރަށްގުޑުވާއިން ކާމިޔާބު ކުރީ ކޮކޯ އާ ބައްދަލުކޮށް 3 ސެޓް 2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ހަތަރު ސެޓް ވެސް ދިޔައީ ވަރަށް ހަމަހަމަކޮށެވެ. އެގޮތުން ފުރަތަމަ ސެޓް ރަށްގުޑުވާއިން ހޯދީ 28 – 26 އިންނެވެ. ދެވަނަ ސެޓް ކޮކޯއިން ހޯދީ 27-25 އިންނެވެ. މެޗުގެ ތިންވަނަ ސެޓް ރަށްގުޑުވާ އިން 25-23 އިން ކާމިޔާބު ކުރިއިރު ، ހަތަރުވަނަ ސެޓް ކޮކޯއިން ހޯދީ 26-24 އިންނެވެ.

އިއްޔެ ހަވީރު 4:00 ގައި ކިނޮޅަހު ވޮލީކޯޓްގައި ކުޅުނު ފައިނަލް މެޗުގެ ފަހު ސެޓް ފަށައިގެން ހޯދި ލީޑަކާއެކު ރަށްގުޑުވާއިން މި ސެޓް 15 -10 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާ ޓީމުގެ އިބްރާހީމް ފަޒީލެވެ.

މެޗަށްފަހު މުބާރާތުގެ ޓްރޮފީ ދިނުން އޮތެވެ.

ޖަމްޢިއްޔަތުލް އިއްތިހާދުގެ 18 ވަނަ ވޮލީބޯޅަ މުބާރާތުގެ ވަނަ ތައް

  • އުއްމީދީ ކުޅުންތެރިޔާ ހޭވައްލާ ޓީމުގެ ޖާޒީ ނަންބަރ 14 މުޙައްމަދު ސާވީ
  • 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޭވައްލާ ޓީމުގެ ޖާޒީ ނަމްބަރ 13 ޙުސައިން ޝާހް
  • އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ރަށްގުޑުވާގެ މުޙައްމަދު ޒިޔާދު އާއި ޙުސައިން ޒަޔާން ، ކޮކޯގެ މުޙައްމަދު ޠާހިރު އާއި ސަނީހް އާދަމް ، ހޭވައްލާގެ ޙުސައިން ރައްޒާނު އާއި އަޙްމަދު ނަސީމް
  • ކިނޮޅަހުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާގެ މުޙައްމަދު ޒިޔާދު
  • ކިނޮޅަހުން ބޭރު އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރަށްގުޑުވާގެ އަކްމަލް އިބްރާހީމް
  • ރަނައަޕްސް ޓީމް ކޮކޯ
  • ޗެމްޕިއަން ޓީމް ރަށްގުޑުވާ
  • ތިން ވަނަ ޓީމް ހޭވައްލާ

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close