ޙަބަރުރ.އަތޮޅުބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް ކިނޮޅަސްކުޅިވަރު

ބީ ސީ އެސް އެފް ނެޓްބޯޅަ މުބާރަތް ފެށިގެން ކުރިއަށްދަނީ

"ބޮޑު ޗުއްޓީ ސްޕޯރޓްސް ފެސްޓިވަލް 2017″ ނެޓްބޯޅަ މުބާރާތް

 

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ކުޅިވަރު ފެސްޓިވަލް 2017 ގައި ހިމެނޭ ނެޓްބޯޅަ މުބާރާތް ބުދަ ދުވަހު ފަށައިފިއެވެ. ބުދު ދުވަހު ހަވީރު 4:30 ގައި ކިނޮޅަހު ނެޓްބޯޅަ ކޯޓްގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އުއްމީދު އާއި ގަހާތަރި އެވެ. މި މެޗު 22 ޕޮއިންޓް 12 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ކުރީ އުއްމީދުއެވެ.

މެޗުގެ ފުރަތަމަ ކުއާޓަރގައި އުއްމީދުން 6 ޕޮއިންޓް ހޯދިއިރު ، ގަހާތަރިއަށް ހޯދުނީ އެންމެ 2 ޕޮއިންޓެވެ. އަދި ދެވަނަ ކުއާޓަރގައި ވެސް އުއްމީދުން 6 ޕޮއިންޓް ހޯދިއެވެ. އަދި ގަހާތަރިން މި ކުއާޓަރގައި 3 ޕޮއިންޓް ހޯދިއެވެ. ތިން ވަނަ ކުއާޓަރ ގައި އުއްމީދުން 4 ޕޮއިންޓް ހޯދިއިރު ، ގަހާތަރިން 3 ޕޮއިންޓް ހޯދިއެވެ. މެޗުގެ ފަހު ކުއާޓަރ ގައި އުއްމީދުން 6 ޕޮއިންޓް ހޯދާ ތަފާތު ބޮޑު ކުރިއެވެ. މި ކުއާޓަރ ގައި ގަހާތަރިއަށް ލިބުނީ 4 ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުއްމީދު ޓީމުގެ ޢާއިޝަތު ސެލީނާއެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިއަދު ހަވީރު 4:30 ގައި ކިނޮޅަހު ނެޓްބޯޅަ ކޯޓްގައެވެ. ބައްދަލު ކުރާނީ ލޮޓަސް އާ އަޒުމްއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތަކީ ޕޮއިންޓް އުސޫލުން އެއްބުރު ކުޅެ ނިމޭއިރު ، އެންމެ ގިނަ ޕޮއިންޓް ހޮދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް ކުޅެވޭނީ 14 ޑިސެމްބަރ ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close