ޙަބަރުރ.އަތޮޅު

ވާދޫ އަދި އުނގޫފާރުގެ މޫދުގައި ރެދަންލައިފި

ރ.އަތޮލޫ ވާދޫ އަދި އުނގޫފާރުގެ ގޮނޑު ދޮށުގައި ރެދަންލައިފިއިއެވެ.

ރެދަން ލުމުގެ ހިތްގައިމު މަންޒަރަކީ ރ.ވާދޫގެ ގޮނޑު ދޮށުން އެކި ދުވަސްވަރު ވަރަށް އާންމުކޮށް ފެންނަ މަންޒަރަކަށް ވީ ނަމަވެސް މިފަހަރު ރެދަން ލާފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހުގައި ކަމަށް އެ ރަށު މީހުން މަޢުލޫމާތު ދެއެވެ.

ރ.ވާދޫ ގޮނޑު ދޮށުގައި ރެދަންލާފައި – ފޮޓޯ: މީސްމީޑިއާ

މިމަހުގެ އަދި 20 ވަނަ ދުވަހުގެރޭ ރ.ވާދޫގެ ގޮނޑު ދޮށުގައި ރެދަން ލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ އިރު އެ ފޮޓޯތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަން ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ.

ރ.ވާދޫ ގޮނޑު ދޮށުގައި ރެދަންލާފައި – ފޮޓޯ: މީސްމީޑިއާ

ރ.ވާދޫން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި މޫދުގައި ވަށައިގެން ރެދަން ލަމުން ދާއިރު އެ މަންޒަރު ދެކިލަން ގިނަ ބަޔަކު ދަނީ އެ ރަށު ގޮނޑުދޮށަށް ޖަމާވަމުންނެވެ.

ރ.ވާދޫ ގޮނޑު ދޮށުގައި ރެދަންލާފައި – ފޮޓޯ: މީސްމީޑިއާ

ރ.ވާދޫގެ ގޮނޑު ދޮށުގައި ރެދަން ލާފައި ވަނިކޮށް ރޭ ވަނީ އުނގޫފާރު އިރުމަތީ ފަރާތު ގޮނޑު ދޮށުން ވެސް މި މަންޒަރު ވަނީ ފެނިފައެވެ. އުނގޫފާރު ގޮނޑު ދޮށުގައި ރެދަންލާފައި ވަނީ ރޭ 7:30 އާ 8:30 ދެމެދު ކަމަށް މަންޒަރު ދުއް ބައެއް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

އުނގޫފާރު އިރުމަތީ ފަރާތު ގޮނޑުދޮށުގައ ރެދަން ލާފައި – ފޮޓޯ: ޠާހާ ހުސެއިން

އުނގޫފާރު ގޮނޑު ދޮށުގައި ރެދަންލާފައި ވަނިކޮށް އެންމެ ފުރަތަމަ ފެނިފައި ވަނީ ވާދޫގައި ރެދަން ލާފައިވާ ފޮޓޯތައް އާންމުވުމާ އެކު މި  މަންޒަރު އުނގޫފާރު ގޮނޑުދޮށުން ވެސް ފެނިދާނެ ކަމަށް ބެލެވިގެން ރޭ ގޮނޑުދޮށަށް ފޭބި ޒުވާނުންތަކަކަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close