ޙަބަރުރ.އަތޮޅު

ރ.އަތޮޅު ކައުންސިލުން ހިންގި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ކޯހުގެ ދަސްވެނިމުން ބާއްވައިފި

ރ.އަތޮޅު ކައުންސިލާއި ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ރ.އަތޮޅުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ކޯހުގެ ދަސްވެ ނިމުން މިރޭ ބާއްވައިފިއެވެ.

މި ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށް މިރޭ 21:15 ގައި އުނގޫފާރު ސްކޫލްގެ ރިހި މާލަމުގައި ބޭއްވި ޙާއްސަ ހަފުލާ ޝަރަފުވެރިކޮށްދެވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމެވެ. މިރޭގެ ހަފުލާގައި މި ކޯސް 27 ފަރާތަކުން ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައިވެއެވެ.

ރ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ފަތުޙުﷲ އިސްމާއީލް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ކޯހުގައި ބައިވެރިވެފައި ވަނީ ރ.އަތޮޅުގެ އެކި ރަށްރަށުގެ ސްކޫލް ތަކާއި، ސިއްހީ މަރުކަޒުތަކާއި ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނެވެ. 18 މަސްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދީފައި ވަނީ ހަފުތާ ބަންދުތަކުގައި ބްލޮކް އުސޫލުންނެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close