ޙަބަރުރ.އަތޮޅު

އަލިފުށި ޕޮލިސް އާއި އަލިފުށި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ރ. އަލިފުށި ޕޮލިސް ސްޓޭޝަނާއި އަލިފުށީ ސިއްޙީ މަރުކަޒު ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ން ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ބުދަ ދުވަހުގެރޭ އަލިފުށި ހީރާ ސްޕޯޓްސް ކުލަބުގެ ހޯލުގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށާއި އެންމެ ރަނގަޅު ނަތީޖާއެއް ހާސިލްކުރި ބައިވެރިއެއް ހޮވައި ފައިސާގެ އިނާމެއް ދީފައެވެ.

އަލިފުށީ ރައްޔިތުންނާއި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތުގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން ފުލުހުންނާއި އަލިފުށި ސިއްޙީ މަރުކަޒު ގުޅިގެން ހިންގި މި ކަސްރަތު ޕްރޮގްރާމުގައި ޖުމްލަ 24 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

މޫދު ހަރަކާތް ހިމަނައިގެން ކުރިއަށްގެނދިޔަ މި މި ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރ.ައލިފުށީ ފުޓްބޯޅަ ދަނޑާއި މޫދުގައެވެ.  މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް ހަސަންއަލިފުޅު އާއި ރ.އަލިފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

މަސްދަރު: ޕޮލިސްލައިފް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close