ޙަބަރުކުޅިވަރު

ފުޓުބޯޅަ އެކަޑަމީއެއް އުނގޫފާރުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފުޓުބޯޅަ އެކަޑަމީއެއް އުނގޫފާރުގައި ޤާއިމްކުރުމާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ރޭ 21:00 ގައި އުނގޫފާރު ސްކޫލުގައެވެ. މިބައްދަލުމުވުގައި އުނގޫފާރު ކައުންސިލާއި އުނގޫފާރު ސްކޫލާއި ޒުވާނުންގެ ތެރެއިން ބައެއްފަރާތްތަކާއި މި އެކަޑަމީ އުނގޫފާރުގައި ޤާއިމްކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތްތައް ބައިވެރިވިއެވެ.

ރޭގެ ބައްދަލުވުމުގައި މިއެކަޑަމީގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތާއި މިކަމުން ސީގޮތުން ނާއި ނުސީދާގޮތުން އުނގޫފާރުގެ މުޖުތަމައަށް ކުރާނެ ރަގަނޅު އަސަރު ތަކާބެހޭގޮތުން ވަރަށް ފުރިހަމަ މައުލޫމާތު ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ. ބައްދަލުވުމުގައި މިމައުލޫމާތު ހިއްސާކޮށްދެއްވީ ދިވެހިރާއްޖޭގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

މައުރޫފު އަހުމަދު (މާއްޓޭ) ގެ ފުޓުބޯޅަ އެކަޑަމީގެ ފަރާތުން އުނގޫފާރުގައި ފެށުމަށް ތައްޔާރުވަމުންދާ އެކަޑަމީގައި ފުރަތަމަ އަހަރުގެ ޕްރޮގްރާމްތައް ކުރިއަށްދާނީ އުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

މާއްޓޭ އެކަޑަމީ އާއި އުނގޫފާރުގެ ކައުންސިލް އަދި ސުކޫލާއި ގުޅިގެން ފުޓުބޯޅަ އެކަޑަމީ އުނގޫފާރުގައި ޤާއިމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކަވާއީ ހޯމްގެ ވެރިޔާ މުހައްމަދު ރަމީޒުއެވެ. ރަމީޒުގެ އިސްނެންގެވުމާއި ހިތްވަރަށް އަޅުގަނޑުމެން އުފާ ނިއުސް ޓީމުން ނުހަނު އިހުލާސްތެރިކަމާ އުފަލާއެކު ޝުކުރު ދަންނަވަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close