ޙަބަރުރ.އަތޮޅުސިއްޙަތު

އަހްޒަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

އެނިޢުމަތެއްގެ ބޭނުންތެރިކަން އެންމެ ބޮޑަށް އިޙްސާސް ވާނީ އެ ނިޢުމަތެއް ފިލާ ދިޔުމުންނެވެ. ﷲ ސުބްހާނަހޫ ވަޠަޢާލާ ވަނީ އިންސާނުންނަށް އެތަށް ނިޢުމަތެއް ދެއްވާފައެވެ. އެގޮތުން ހިނގާބިނގާވެ އުޅުމުގެ ނިޢުމަތަކީ ވެސް ވަރަށް ބޮޑު ނިޢުމަތެކެވެ. އެ ނިޢުމަތުން މަހްރޫމްވެފައިވާ އެއްފަރާތަކީ ރ.އަލިފުށި ޙުސައިން އަހްޒަމްއެވެ. އުމުރުން 12 އަހަރުގެ އަހްޒަމްގެ ނުކުޅެދުންތެރިކަމަށް ފަރުވާ ކުރާތާ އެތަށް އަހަރުތަކެއް ވެއްޖެކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ލިބޭ ހުރިހާ ފައިސާއެއް ވެސް ޚަރަދު ކުރަމުންދަނީ އަހްޒަމްއަށް ފަރުވާ ކުރުން ކަމަށް ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

އަހްޒަމްއަށް ފަރުވާ ކުރުމަށް އިންޑިޔާގައި ވެސް އެތަށް މަހެއް ވަންދެން އުޅެންޖެއެވެ. ކޮންމެ އަހަރަކުވެސް އިންޑިޔާއަށް ގޮސް ފަޔަށް ޕްލާސްޓިކް ފަޔެއް ލައްވާ ވަގުތީ ހައްލެއް ހޯދައެވެ. އިންޑިޔާގެ ކަށީގެ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އަހްޒާމްގެ ފަޔަށް ކަށި ލައްވާ ދާއިމީ ހައްލެއް ހޯދުމަށް ވަނީ ފަށާފައެވެ. އަދި މި ކުރެވުނު ބޮޑު އޮޕަރޭޝަންގައި ފަޔަށް ލެއްވި އެއްޗެހިތައް ނަގަން ފެބްރުއަރީ މަހުގައި އިންޑިޔާއަށް ދާން ޖެހެއެވެ. އަދި އެތާގައި ދުވަސްކޮޅެއްގައި ތިބެންވެސް ޖެހޭކަމަށް އަހްޒަމްގެ އާއިލާއިން ބުނެއެވެ.

 

ލިބޭ ހުރިހާ ފައިސާ ވަނީ އަހްޒަމްގެ ބައްޔަށް ފަރުވާ ކުރުމަށް ހުސްވެފައެވެ. ކޮންމެ މަޔެއް ނުވަތަ ބަފައެއްވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅަކީ ސިއްހަތު ސަލާމަތުން ހުރި ކުއްޖެއްކަމުގައި ވުމަށެވެ. އެގޮތުން އަހްޒަމްއަށް އެހެން ކުދިންނެކޭ އެއްގޮތަށް ހިނގާބިނގާވެ އުޅޭނެ ދުވަހަކީ އަހްޒަމް މައިންބަފައިން ދެކެން އެންމެ ބޭނުންވާ ދުވަހެވެ.

އެހެންކަމުން އަހްޒަމްއަށް އެހީތެރިވެއް ދެއްވުމަކީ ކޮންމެ ބޭފުޅެއްގެވެސް އުފަލަކަށް ހަދާށެވެ. އަހްޒަމްގެ މައިންބަފައިންގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް ކޮންމެ ބޭފުޅެއްވެސް އެކަމުގައި ބައިވެރިދެއްވާށެވެ.

އަހްޒަމް ހުރީ އޭނާއަށް ވެސް އެހެން ކުދިންނެކޭ އެއްގޮތަށް ހިނގާ ބިނގާވެ އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

Ahzam Letter Letter

ޙުސައިން އަޒްހާމް އާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 7525446 ނަންބަރާއި ގުޅުމަށް އެދެމެވެ. އަދި އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 7717-333730-101 ( ސުދުނާ ޢަބްދުﷲ ) މި އެކައުންޓަށް ފައިސާ ފޮނުވުމަށް އެދެމެވެ. އަޒްހާމްއަށް އުފާވެރިކަން ހޯދައިދިނުމަށް ކޮންމެ ބޭފުޅަކަށްވެސް ވީވަރަކުން އެހީތެރިކަން ދެއްވާށެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުއުމިންނަކީ އަޚުންތަކެއްކަމުގައި ކީރިތި ޤްރްއާނުގައި ﷲ ސުބްހާނަހޫ ވަޠަޢާލާ އަންގަވާފައިވެއެވެ. އަދި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭނުން ފުއްދައިދިނުމަކީ ގިނަ ގުނަ ޡަވާބު ލިބޭ ކަމެއްކަމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ.

މިކަމަށް ޤްރްއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތަށް ދަލީލެއްވެއެވެ. އޭގެތެރެއިން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. ” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މަސްދަރު: އަލިފުށި އޮންލައިން

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close