ޙަބަރު

އުނގޫފާރު ބަނދަރުން ފަސޭހަ ކަމާއެކު ކަރަންޓް ލިބޭނެ ގޮތް ހަދައިފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ބަނދަރު ސަރަހައްދުން ފަސޭހަ ކަމާއެކު ކަރަންޓް ލިބޭނެ އިންތިޒާމެއް ޤާއިމުކޮށްފިއެވެ. މިސައްކަތް ކޮށްފައިވަނީ އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ މުވައްޒަފުންނެވެ.

ވިޔަފާރި އުސޫލުން ކަރަންޓް ބޭނުންވާ ފަރާތްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިޤާއިމުކުރެވުނު ނިޒާމުގެ ދަށުން ބަނދަރުގެ 3 ސަރަހައްދަކުން ކަރަންޓް ލިބެން ހުންނާނެއެވެ. ކަރަންޓް ފޯރުކޮށްދިނުމަށް ޑިސްޓްރިބިއުޝަން ބޮކްސް އާއި މީޓަރު ތައް ބަހައްޓާފައވަނީ  ލޯންޗް ޖެޓީ އާއި އޮޑިދޯނިފަހަރު އެހެލާބޭލުމަށް ބޭނުންކުރާ ސަރަހައްދު އަދި މައި ބަނދަރުގައެވެ.

މީގެ ކުރިން ބަނދަރުން އެއްވެސް ކަމަކަށް ކަރަންޓް ބޭނުންވެއްޖެނަމަ ކަރަންޓް ދޫކުރަނީ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގެ އިންނެވެ. ނުވަތަ ކައިރި ހިސާބުގައި ހުރި ގެތަކުންނާއި ފްލެޓުންނެވެ.

ބަނދަރަށް ކަރަންޓް ފޯރުކޮށްދިނުމަށް މި ޤާއިމުކުރެވުނު ނިޒާމު ވެގެންދާނީ ބަނދަރުގައި ތަފާތު އެކި މަސައްކަތަށް ވަގުތީ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ލުއި ފަސޭހައެވެ.

އުނގޫފާރު ކައުންސިލުންވަނީ މިދިޔަ ހަފްތާގެ ތެރޭގައި އުނގޫފާރު ސަހަރާގެ ބޭނުންތަކަށް ފަސޭހައިން ކަރަންޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close