ޙަބަރު

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން ހޮނިހިރު ދުވަހުގެރޭ ބާއްވަނީ

އުނގޫފާރު ކައުންސިލް

 

މިބައްދަލުވުމަކީ 2017 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރި ތަކުގެ 2017 ވަނަ އަހަރުގެ ރިޕޯޓްތަކާއި 2018 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

މިބައްދަލުވުން އޮންނާނީ 24 ފެބުރުއަރީ 2018 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އުނގޫފާރު ސްކޫލުގެ ރިހިމާލަމުގައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވަނީ

  • އުނގޫފާރު ކައުންސިލްގެ 2017 ވަނަ އަހަރުގެ ހިންގުނު ހަރަކާތްތައް
  • އުނގޫފާރު ކައުންސިލުން 2018 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް
  • އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2017 ވަނަ އަހަރުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ 2017 ވަނަ އަހަރުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2017 ވަނަ އަހަރުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2017 ވަނަ އަހަރުގެ ރިޕޯޓް
  • އުނގޫފާރު ރައްޔިތުންގެ ނަރުދަމާގެ 2017 ވަނަ އަހަރުގެ ރިޕޯޓް

 

މިބައްދަލުވުމަކީ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން މިމައުލޫމާތުތައް އަޑުއަހައި އިތުރަށް ސާފުކުރަން ބޭނުންވާ މައުލޫމާތެއް ހުރިނަމަ އެމައުލޫމާތެއް ސާފުކުރުމަށް ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ރަގަނޅު ފުރުސަތެވެ. މިބައްދަލުވުމަށް ވިހާވެސް ގިނަ ބަޔަކު ވަޑައިގެން ދެއްވުމަށް އުނގޫފާރު ކައުންސިލުން ވަރަށްބޮޑަށް އެދިވަޑައިގަންނަވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close