ޙަބަރުރ.އަތޮޅުސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވޭ 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިފަހަރު އިއުލާނު ކޮށްފައިވަނީ އިއްޔެ  20 ފެބްރުއަރީ 2018 ވީ ހޯމަ ދުވަހުއެވެ.

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވޭ 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިއުލާނުކޮށްފައިވަނީ 11 ޖެނުއަރީ 2017 ވީ ބުދަ ދުވަހުއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އިމާރާތްކުރެވޭ ޕްރައިވެޓް ރޫމުތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްގެ އޮފަރޭޝަން ތިއޭޓަރގެ ހުނޅަގުން އޮތް ހުސިބުގައެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާގޮތުން ދެފްލޯއަށް އިމާރާތްކުރެވޭ މިކޮޓަރިތައްހިމެނޭ އިމާރާތް ހުންނާނީ ހޮސްޕިޓަލްގެ މައިއިމާރާތާއި ގުޅިގެން އޯޕީޑީ ސަރަހައްދުން ވަދެވޭގޮތަށެވެ.

މިކަމަށްއެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކޮށްފައިވާ އިއުލާނު ތިރީގައި އެވަނީއެވެ.

 

ރ.އުނގޫފާރު ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތުތު

  1. މިނިސްޓްރީ އޮފް ހެލްތްގެ އެދިލެއްވުމުގެ މަތިން، ރ.އުނގޫފާރު ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ21ފެބުރުވަރީ 2018 13 މާރިޗު 2018އަށް،ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި-/40،000ރ (ސާޅީސްހާސް ރުފިޔާ)ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ،08 މާރިޗު 2018ވާ ބުރާސްފަތި ދުވަހުގެ 14:00ގެކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ14 މާރިޗު 2018 ވާ ބުދަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296  3349115

އީ-މެއިލް : aishath.nadheema@finance.gov.mv

ކޮޕީ  : tender@finance.gov.mv

20 ފެބުރުވަރީ 2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close