ޙަބަރުވިޔަފާރި

ކަރަންޓް ބިލްތައް ނުދައްކާ ތަންތަނުން ކަރަންޓް ކަނޑާލަނީ

އުނގޫފާރު ކައުންސިލް

 

އުނގޫފާރު ކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ހޯދާފައިވާ ކަރަންޓްގެ ހިދުމަތަށް ކޮށްފައިވާ ބިލްތަކަށް ފައިސާ ނުދައްކާ ފަރާތްތަކުން މިމަސް ނިމުމުގެ ކުރިން ފައިސާ ދައްކާ ހަލާސް ކުރުމަށް އުނގޫފާރު ކައުންސިލުން މިއަދު އަންގައިފިއެވެ.

ކައުންސިލުން މިކަން އަންގާފައިވަނީ އާންމުކޮށް އެންގި އެންގުމެއްގެ ގޮތުގައި ރަށުތެރޭގައި އަޑުގަދަ ކުރާއިން އިއުލާނުކޮށްގެންނެވެ. އަދި މީގެ އިތުރުން ކައުންސިލުން މިހާރުދަނީ ކަރަންޓް ބިލްތައް ބަރާބަރަށް ނުދައްކާ ފަރާތްތަކަށް އެކަން އަންގައި އެމައުލޫމާތު ސާފުކޮށް ހިއްސާކޮށް ބިލްތަކަށް ފައިސާ ދެއްކުމަށް އަންގަމުންނެވެ.

ކައުންސިލުން އަންގާފައިވާ ގޮތުން 28 ފެބްރުއަރީ 2018 ގެ ނިޔަލަށް ނުދައްކާހުރި ކަރަންޓް ބިލްތަކަށް ފައިސާދައްކާ ނުނިންމާ ތަންތަނުން ކަރަންޓް ކަނޑާލެވޭނެ ކަމަށެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން ކަރަންޓްބިލް ނުދައްކާ ބައެއް ތަންތަނުގައި ފަސްމަހުގެ ކަރަންޓް ބިލްތައްވެސް ނުދައްކާ އެބަހުއްޓެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close