ޙަބަރު

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން ހޮނިހިރު ދުވަހުގެރޭ ބާއްވައިފި

އުނގޫފާރު ކައުންސިލު

އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން ހޮނިހިރު ދުވަހުގެރޭ ބާއްވައިފިއެވެ. މިބައްދަލުވުމަކީ 2017 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރި ތަކާއި ދެމުންދާ ހިދުމަތްތަކުގެ 2017 ވަނަ އަހަރުގެ ރިޕޯޓްތަކާއި 2018 ވަނަ އަހަރު އުނގޫފާރު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން މިބައްދަލުވުން ފަށްޓަވައި ދެއްވީ މިސްކިތުގެ އިމާމު ހުސައިން އިރުޝާދުއެވެ. ބައްދަލުވުން ތައާރަފް ކޮށްދެއްވީ ކައުންސިލް މެމްބަރު ހުސައިން އާސިފްއެވެ.

24 ފެބުރުއަރީ 2018 ވީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި އުނގޫފާރު ސްކޫލުގެ ރިހިމާލަމުގައި ބޭއްވި ބައްދަލުވަމަށް ހާޒިރުވީ ރައްޔިތުންގެ ތެރެއިން 10 ވަރަކަށް މީހުންނެވެ. މިބައްދަލުވުމުގައި ދެންތިބީ މުޅިންވެސް ކައުންސިލާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މުވައްސަސާތަކުގެ މުވައްޒަފުންނެވެ.

މިބައްދަލުވުމުގައި ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުނގޫފާރު ކައުންސިލްގެ 2017 ވަނަ އަހަރުގެ ހިންގުނު ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ދުއިސައްތަ އަށްޑިހަ ހާސްރުފިޔާ ހަރަދުކޮށްގެން އުނގޫފާރު އެފްސީން ބައިވެރިވި މިނިވަން ޗެމްޕިއަންޝިޕް އަށްކަންފާހަގަ ކުރެވެއެވެ.

އުނގޫފާރު ކައުންސިލުން 2018 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ފާހަގަ ކޮށްލެވޭ ބޮޑެތި ހަރަކާތްތަކަށް ބަލާއިރު މިދިޔަ އަހަރު ފަށައިގެން ކުރިއަށްދާ ގޯތި ގެދޮރުގެ ކަން ވައްކުރުމާއި އުނގޫފާރު ރަށްޔިތުންގެ ވިޔަފާރީގެ އައުއިމާރާތް ބިނާކުރުމާއި ތެޔޮޝެޑް ޤާއިމުކުރުމާއި ފެރީޓާމިނަލް ފަދަ މުހިއްމު ބޮޑެތި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ 2017 ވަނަ އަހަރުގެ ރިޕޯޓް ގައި ފާހަގަ ކޮށްފައިވަ ހަރަދު އަދި އާމްދަނީ އަށްބަލާއިރު

އިންޖީނުގެއަށް ލިބެންޖެހޭ ފައިސާ 6,807,410.52
ލިބުނު ފައިސާ 6,673,118.76
ސަބްސިޑީޒް ގެ ގޮތުގައި ސަރުކާރުން ލިބެންޖެހޭ ފައިސާ 14,600,000.00
މުޅިޖުމުލަ އާމްދަނީ 28,080,529.28
ޖުމުލަ ހަރަދު 7,188,091.19
ހަރަދު ކަނޑާ ބާކީ 20,892,438.09

 

މިފައިސާގެ ތެރޭގައި ހިމެނޭ ސަބްސިޑީ ފައިސާ ފިނެންސް މިނިސްޓްރީން އަދިވެސް ނުލިބިވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި މިއަދަދަކީ 2014 ވަނަ އަހަރުން ފެށިގެން ނުލިބިވާ ފައިސާކަމަށާއި އަދި ކަރަންޓްބިލްތަކުގެ ފައިސާގެ ގޮތުގައި ނުލިބިވާ ފައިސާގެ ވަރަށްބޮޑު އަދަދެއް ހިއްސާ ކުރަނީ ދައުލަތާއި ސަރުކާރުގެ މުވައްސަސާ ތަކުންކަން ފާހަގަ ކުރިއެވެ.

 

އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ 2017 ވަނަ އަހަރުގެ ރިޕޯޓްގައިވާގޮތުން މިތަނުގެވެސް ނުލިބިވާ ފައިސާގެ ވަރަށްބޮޑު އަދަދެއް ހިއްސާ ކުރަނީ ދައުލަތާއި ސަރުކާރުގެ މުވައްސަސާ ތަކުންކަން ފާހަގަ ކުރިއެވެ.

 

ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ 4,071,034.22
ލިބުނު ފައިސާ 13,147,701.99
ސްޓޮކް ބާކީ 1,243,916.77
މުޅިޖުމުލަ އާމްދަނީ 18,462,652.98
ޖުމުލަ ހަރަދު 17,268,984.75
ހަރަދު ކަނޑާ ބާކީ 1,193,668.23

 

އުނގޫފާރު ރައްޔިތުންގެ ކުނިކޮށީގެ 2017 ވަނަ އަހަރުގެ ރިޕޯޓްގައި ވާގޮތުން މިހިދުމަތަކީ ވަރަށްބޮޑު ގެއްލުމުގައި ކައުންސިލުން ދެމުންދާ ހިދުމަތެއްކަން ފާހަގަ ކުރިއެވެ. އަދި އެގެއްލުން ފޫބައްދަނީ ކައުންސިލުން އެފައިސާ ސަބްސިޑައިޒް ކޮށްދީގެންކަމަށް ފާހަގަ ކުރިއެވެ.

 

ކުނިއުކާލުމުގެ ހިދުމަތަށް ލިބެންޖެހޭ ފައިސާ 27,000.00
ލިބުނު ފައިސާ 375,800.00
މުޅިޖުމުލަ އާމްދަނީ 402,800.00
ޖުމުލަ ހަރަދު 691,789.65
ހަރަދު ކަނޑާ ބާކީ (288,989.65)

 

އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރައިގެ 2017 ވަނަ އަހަރުގެ ރިޕޯޓްގައި ވާގޮތުން ނުލިބިވާ ފައިސާ އަކީ އެންސްޕާ/އާސަންދަ އިން ލިބެން ޖެހޭ ފައިސާ ކަން ފާހަގަ ކުރިއެވެ.

 

ފާމަސީއަށް ލިބެންޖެހޭ ފައިސާ 454,971.85
ލިބުނު ފައިސާ 1,962,441.33
ސްޓޮކް ބާކީ 2,038,368.55
މުޅިޖުމުލަ އާމްދަނީ 4,455,781.73
ޖުމުލަ ހަރަދު 2,256,074.00
ހަރަދު ކަނޑާ ބާކީ 2,199,707.73

 

އުނގޫފާރު ރައްޔިތުންގެ ނަރުދަމާގެ 2017 ވަނަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން މިހިދުމަތަކީ ރަށްޔިތުންނަށާއި ހުރިހައި ފަރާތްތަކަކަށް މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތެއް ކަން ފާހަގަ ކޮށްފައިވެއެވެ. އަދި ފިނޭންސް އިން ދިން ތިންސަތޭކަ ހާސް ރުފިޔާ ފިޔަވައި ހުރިހައި ހަރަދެއްވެސް ކޮށްފައި ވަނީ ކައުންސިލުން އެފައިސާ ނަރުދަމާއަށް ސަބްސިޑައިޒް ކޮށްދީގެން ކަން ފާހަގަ ކުރިއެވެ.

 

ނަރުދަމާއަށް ލިބެންޖެހޭ ފައިސާ 000.00
ލިބުނު ފައިސާ 325,232.36
ޖުމުލަ ހަރަދު 1,431,004.97
ހަރަދު ކަނޑާ ބާކީ (1,105,772.61)

 

ރިޕޯޓް ހުށައެޅުމަށްފަހު ބައްދަލުވުމުގެ ބައިވެރިންނަށް އިތުރަށް އޮޅުންފިލުވުމަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލިއެވެ. މިފުރުސަތުގައި ބައްދަލުވުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ގުޅޭ ސުވާލުތައް ކޮށްފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވީ ކައުންސިލުގެ ރައީސް އަލްފާޟިލް އަބްދުއްނާސިރު އަލީއެވެ.

އުނގޫފާރު ކައުންސިލުން ރަށްޔިތުންނަށް ކޮށްދެމުންދާ އަގުހުރި ހިދުމަތްތަކުގެ މައުލުމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިމުނަށް ބޭއްވި މިބައްދަލުވުމަށް މަދުބަޔަކު ހާޒިރުވުމަކީ ހިތާމަ ހުރި ކަމެކެވެ. ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި ރަށްޔިތުންނަށް ކޮށްދޭ ކަންކަމާއި މެދު ހިތްތަހަ ނުޖެހޭނަމަ އެފަދަ މައުލޫމާތު ހިއްސާކޮށް މަޝްވަރާކޮށްލުމަށް ލިބޭ މިފަދަ ފުރުސަތުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފައި ރަށްޔިތުންގެ މެދުގައި ކައުންސިލު ބަދުނާމުވާގޮތަށް އަދި  ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކުމަށްވުރެ މިފަދަ ބައްދަލުވުންތަކަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަކީ ނުހަނު ރިވެތި ގޮތެކެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

6 ޙިޔާލު - "އުނގޫފާރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން ހޮނިހިރު ދުވަހުގެރޭ ބާއްވައިފި"


ކިޔުންތެރިއެއް
ބަދަތްވެއް
4 މަސް 21 ދުވަސް ކުރިން

ސުކުރިއްޔާ އުގޫފާރު ރައްޔިތުން. ކަޑަކައުންސިލަރުން ތިބޭބައްދަލުވުން އަހަރެން ބޮއިކޮޓް ކުރަން

ކިޔުންތެރިއެއް
ބަދަތްވެއް
4 މަސް 21 ދުވަސް ކުރިން

ސުކުރިޔާ ހުސައިން އާސިފް

ކިޔުންތެރިއެއް
އަލީ
4 މަސް 21 ދުވަސް ކުރިން

މަރުހަބާ އަދި ޝުކުރިއްޔާ އުނގޫފާރުގެ ލާމަސީލު ކައުންސިލް

ކިޔުންތެރިއެއް
Name
4 މަސް 21 ދުވަސް ކުރިން

midhiya aharu minivan 50 hugai baiveriv council membarun beynunvegen council inthihaab othyma nimidhiya minivan 50 aky eyruge council membarun hingi siyaasy harakaatheh

ކިޔުންތެރިއެއް
އާސިފް
4 މަސް 21 ދުވަސް ކުރިން

މިދިޔަ އަހަރު އެކަންޏެއްނޫން ބައިވެރިވީ، ފާއިތުވި 3 އަހަރުވެސް ބައިވެރިވި. އެވެސް ސިޔާސީ ހަރަކާތެއްތާދޯ. މިފަހަރު އަލަށް ހޮވުނު ކައުންސިލުން މިހަރަކާތް ނުހިންގާތީ ޝުކުރިއްޔާ!

ކިޔުންތެރިއެއް
Name
4 މަސް 21 ދުވަސް ކުރިން

Furathama baiverivi 2 aharuves baiveri v zuvaanun aadheys kohgen. Eaa hilaafah midhiya aharu councilun zuvaanun kairiah ae. Are thafaathaky.adhi miaharuves eharakaath hingaa ekan ehen aharuthakaa hilaafah mifaru kurany ehenbayakaa havaalukohgen

 
Close