ޙަބަރުރ.އަތޮޅު

މައިޒާން ތަރައްޤީ ކޮށްދޭން ހުށައެޅީ 4 ފަރާތުން

އުނގޫފާރު ކައުންސިލު

ތަފާތު އެކިބޭނުންތަކުގައި އުނގޫފާރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބޭނުމަށް އުނގޫފާރުގައި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އުނގޫފާރު ކައުންސިލުން ދެވަނަ ފަހަރަށް ކުރި އިއުލާނަށް ހަތަރު ފަރާތަކުން ކުރިމަތި ލައިފިއެވެ.

މައުލޫމާތު ލިބިފައިވަ ގޮތުން މިކަމަށް އެދި ކުރިމަތި ލާފައިވަނީ އުނގޫފާރުގެ 3 ފަރާތަކުންނާއި ރާއްޖޭގެ ބޮޑު ކުންފުންޏަކުންނެވެ.

ކައުންސިލުން ދޭކުރެހުމާއި އެއްގޮތައް ރަށައް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ މައިޒާނެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތަކަށް ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް އުނގޫފާރު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް  އުނގޫފާރު ކައުންސިލުން ވަނީ ނިންމާފައެވެ.

މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން – ފޮޓޯ / ހަސަން ފަޒީލް

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އުނގޫފާރު ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ މައިޒާނުގައި ފާހާނާ އާއި ހޯލަކާއި ޅަދަރިމައިންނަށް ހާއްސަ ރޫމެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

2 ޙިޔާލު - "މައިޒާން ތަރައްޤީ ކޮށްދޭން ހުށައެޅީ 4 ފަރާތުން"


ކިޔުންތެރިއެއް
އަދުނާނު
4 މަސް 17 ދުވަސް ކުރިން

ބަދަތްވެއް ތި ބުނީ ވަރަށް ރަގަޅު ވާހަކައެއް. މީ ވަރަށް ބޭކާރު ގޮތުގަ ކައުންސިލުން ތަރައްގީކުރަން އުޅޭ ބިމެއް. ރަށުގަ ފެރީޓާމިނަލް އަޅާއިރު ކީއްކުރަން އަނެއްކާ އެ ހިދުމަތްތައް އެހެންތާކު އަޅަންވީ؟ ފެރީޓާމިނަލްއަކީ މިހާރުވެސް ރަށަށް ބޭނުންވެފަ އޮތް ތަނެއް. ފެރީޓާމިނަލް އަޅަން ޝަރުތުކޮށްފަ މިހާރު ތިއޮތް ބިން ތި ބަޔަކަށް ކައުންސިލުން ދޭންވީ. 1600 އަކަފޫޓޭ ކިޔާފަ އެއީ ބިމެއްތަ؟ އެތާގަ ބަޔަކަށް ކޮޓަރިއެއްވެސް ނުހެދޭނެ. އެހާވެސް ހަނިކޮއް އޮތް ބިމެއް އެއީ. މިހާރުވެސް ވަރުގަދަ ބަޔަކަށް ފެރީޓާމިނަލް އަޅަންދީފަ ޕާކުހަދާބިން އެބަޔަކަށް ހިލޭދީބަލަ. ކޮންމެހެން ބިޑަށްވެސް ލާނެކަމެއްނެތް. ކަންކުރެވޭނެ ވަރުގެ ގާބިލް ބަޔަކަށް މަސައްކަތް ހަވާލުކުރަންވީ. އޭރުން ރަށަށް ތަރައްގީ ލިބޭނެ. މާލޭ ސަރުކާރުންވެސް ކަންކުރަނީ އެހެން. ބީޑަކަށްނުލާ. ހަމަ ކަންކުރެވޭ ވަރުގެ ކުންފުނިތަކާ ހަވާލުކުރަންވީ. އަވަސްކުރޭ.

ކިޔުންތެރިއެއް
ބަދަތްވެއް
4 މަސް 20 ދުވަސް ކުރިން

ތިޔަ ބުނާ ތަން ތަރައްގީކުރުމައް ވުރެންމާރަނގޅުވާނެ ބަނދަރުގާ ފެރީޓާމިނަލެއް މައިންގެ ކޮޓަރިޔަކާ ދެފާހާނަޔާއެކު ޑޮރިންކްސް ލިބޭ ސޮޕަކާްއެކު 10 އަހަރައް ހިލޭ ތަރައްގީ ކުރަންދިނިއްޔާ މިހެންމިބުނީ ހޮސްޕިޓަލްގާވެސް ހުރޭ ކިރުމައިންގެ ކޮޓަރިއެއް އަދި އެހިސާބުގާ ފާހާނާ ބޭނުންކުރަން އަންނަނީ ހޮސް÷ިޓަލް ފާހާނާއައް އަނެއްކާ ތިޔަތަން ބަލަހައްޓަން މީހުން ނުތިބެންޔާ ފާހިސް އަމަލުތަކަށް ހުޅުވޭ ދޮރަކަށްވެސް ވެދާނެ

 
Close